ދަރުމަވަންތަ ހޮސްޕިޓަލުގެ ލެބޯޓްރީގެ ހިދުމަތް މެދުކެނޑިއްޖެ
ދަރުމަވަންތަ ހޮސްޕިޓަލުގެ ލެބޯޓްރީގެ ހިދުމަތް މެދުކެނޑިއްޖެއެވެ.
އައިޖީއެމްއެޗް އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ދަރުމަވަންތަ ހޮސްޕިޓަލްގެ ފެނުގެ ސިސްޓަމަށް ދިމާވި މައްސަލައަކާއި ގުޅިގެން، ލެބޯޓަރީގެ ޙިދުމަތް ވަގުތީ ގޮތުން ވަނީ ހުއްޓާލެވިފައިއެވެ.
އަދި މިކަން ހައްލުކުރެވުނުހާ އަވަހަކަށް އިއުލާނު ކުރާނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
މީގެ އިތުރުން، މިކަމުން ދިމާވެދާނެ ދަތިތަކަށް އެ ހޮސްޕިޓަލުން ވަނީ މަޢާފަށް އެދިފައެވެ.
ދަރުމަވަންތައް ހޮސްޕިޓަލަކީ މިވަގުތު މާލޭގައި ހުރި އެންމެ ބޮޑު އެއް އިމާރާތް ހުރި ހޮސްޕިޓަލެވެ. 25 ފަންގިފިލާއަކަށް ހަދާފައިވާ ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ނިންމާ އެތަނުގެ ބޭނުން ކުރަން ފަށާފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ. އެ ހޮސްޕިޓަލުގައި އާދައިގެ ހަތަރު އޮޕަރޭޝަން ތިއޭޓަރެއް އަދި ހައިބްރިޑް ތިއޭޓަރެއް ގާއިމްކޮށްފައި ވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް