މައްސަލަ ހައްލުކޮށް ދަރުމަވަންތަ ލެބޯޓްރީގެ ޚިދުމަތް ފަށައިފި
މައްސަލަ ހައްލުކޮށް އައިޖީއެމްޗް ލެބޯޓްރީގެ ޚިދުމަތް މިހާރު ފަށާފައިވާ ކަމަށް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ.
މިއަދު ހެނދުނު ދަރުމަވަންތަ ހޮސްޕިޓަލުގެ 9 ވަނަ ފަންގިފިލާގެ ފެނުގެ ނިޒާމަށް ދިމާވި މައްސަލައަކާއި ގުޅިގެން އެތަނުގެ ލެބޯޓްރީގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ.
އެކަމާއި ގުޅިގެން މިއަދު މެންދުރު އައި.ޖީ.އެމް.އެޗްއިން ކުރި ޓްވީޓެއްގައި ބުނީ ދަރުމަވަންތަ ހޮސްޕިޓަލް ހުންނަ އިމާރާތުގެ ފެނުގެ ނިޒާމަށް ދިމާވި މައްސަލަ ހައްލުކޮށް މިހާރު ލެބޯޓްރީގެ ޚިދުމަތް ފަށާފައިވާ ކަމަށެވެ.
އައިޖީއެމްއެޗް ގެ ލެބޯޓްރީގެ ޚިދުމަތްތައް މެދުކެނޑުނު ވަގުތު އެ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވާ މީހުންގެ ޓެސްޓުތައް ހަދާފައިވަނީ ހުޅުމާލެ ހޮސްޕިޓަލުން ކަމަށް އައިޖީއެމްއެޗުންވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް