N/A
N/A
ހަބަރު 09 Apr 2021 | 17:59

ހެރިންސް އައްލޮ: މާފަންނު ދެކުނަށް ކެރޭ، އެކުވެރިއެއް!

ޖަމިއްޔަތުއް ފަލާހުގެ ބާނީ ކަމުގައިވާ އަބޫބަކުރު އިބްރާހިމް، (ވައިތެޔޮ އަބޫބަކުރު) އާއި ޝަރީފާ މުހައްމަދު ގެ ދަރި ނާސިރު (އައްލޮ)، ދިރޭރާމްގެ އަކީ ސިޔާސީ މައިދާނުގައި އާ މޫނަކަށް ނުވާނެއެވެ. އިޖްތިމާޢީ ދާއިރާއިންނާއި ވިޔަފާރީގެ ދާއިރާއިން އެންމެގެ އެކުވެރި އައްލޮ އަކީ ނަމޫނާ ބޭފުޅެކެވެ.

ލޯކަލް ކައުންސިލްގެ އިންތިހާބަށް އައްލޮ ނުކުންނަނީ އޭނާގެ އުފަން ދާއިރާކަމުގައިވާ މާފަންނު ދެކުނަށެވެ. ޕީޕީއެމްގެ ޓިކެޓްގައި ނުކުންނަ އައްލޮގެ ކެނޑިޑޭޓް ނަންބަރަކީ 6 އެކެވެ. މާފަންނަށް ފަރިތަ، އަވަށު މީހުންނާއި ޒަމާނުންސުރެ ގުޅުން ރަނގަޅު އައްލޮ ނުކުންނަ ވާހަކަ އަޑު އިވުމާއި އެކު އަވަށު މީހުންގެ ފަރާތުން ލިބުނު ތަރުހީބުން މިދެންނެވި ވާހަކައަށް ހެކިދެއެވެ.

އިޖްތިމާއީ މަސައްކަތުގައި އިސް ސަފުގައި:

އައްލޮ އަކީ އެންމެ ކުޑައިރުންސުރެ އިޖްތިމާއީ ހަރަކާތްތަކުގައި އިސް ސަފުގައި ފެންނަ ބޭފުޅެކެވެ. އައްލޮގެ ބައްޕަ "ވައިތެޔޮ އަބޫބަކުރު"ގެ އިޖްތިމާއީ އަސަރު އައްލޮގެ ފުށުން ފިސާރި ރަނގަޅަށް ފެނިގެންދާނެއެވެ. އޭގެ ހެއްކަކީ ޖަމިއްޔަތުއް ފަލާހުގެ ބޯޑުގެ މެމްބަރު ކަމުގައި ބައްޕަގެ ލެގަސީ އައްލޮ ދަނީ ދަމަހައްޓަމުންނެވެ.

ކާމިޔާބު ވިޔަފާރިވެރިއެއް:

ވިޔަފާރިގެ ދައިރާގައި ރާއްޖެއިން ފާހަގަކޮށްލެވޭ ވިޔަފާރި ނަމެއް ކަމުގައިވާ "ހެރިންސް"ގެ އެއް ތަނބަކީ ހައްލޮއެވެ. ގިނަ ބަޔަކު "ހެރިންސް އައްލޮ" ކިޔަނީ އެހެންވެގެންނެވެ. ވަރަށް ޒުވާން އުމުރުން ފެށިގެން އައްލޮ ދަނީ ވިޔަފާރީގައި ހަރަކާތްތެރިވަމުންނެވެ. އެހެންކަމުން އައްލޮއަށް މެނޭޖްމެންޓްގެ ދާއިރާގެ ވަރަށް ގިނަ ތަޖުރިބާ ވަނީ ލިބިފައެވެ. އައްލޮ މަސައްކަތުގެ ހަޔާތް ހޭދަކޮށްފައިވަނީ އޮފީސް ހިންގުމާއި ޕްރޮޖެކްޓް މެނޭޖްކުރުމުގެ ދާއިރާގައެވެ. މީގެ އިތުރުން ދަނޑުވެރިކަމަށް ހުންނަ ޝައުގުވެރިކަމުން އެކަންވެސް ދަނީ ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ.

ސިޔާސީ ގެއަކުން ނުކުތް ސިޔާސީ ލީޑަރެއް!

ސިޔާސީ މައިދާނުގައި "ދިލޭރާމްގެ" އަކީ އާ ނަމަކަށް ނުވާނެއެވެ. އައްލޮގެ އާއިލާގެ ކޮންމެ މެމްބަރަކީވެސް ސިޔާސީ ދާއިރާގައި ފެށުނީންސުރެއް ހަރަކާތްތެރިވާ ބައެކެވެ. އެގޮތުން "ހެރިންސް ހަންނާނު" އާއި "ހެރިންސް އަންމަޑޭ"ގެ ނަން ފާހަގަ ކޮށްނުލާ ނިންމާ ނުލެވޭނެއެވެ.

އެންމެ ޒުވާން އިރުންފެށިގެން އައްލޮއަކީ ސިޔާސީ ކަންކަމަށް ފިކުރު ހިންގާ އަވަށު މީހުންނާވެސް ސިޔާސީ ވާހަކަ ދައްކާ މީހެކެވެ. ސިޔާސީ ވާދަވެރިކަމުގައި ނުޖެހި ހުރިހާ ފިކުރެއްގެ ބަޔަކާއި ވެސް ގާތްކަން ބާއްވާ މީހެކެވެ. އައްލޮ ސިޔާސީ ކަންކަމަށް ނުކުތީ ޒަމާނުންސުރެ ދާއިރާގެ މީހުންގެ ހުރި ޝަކުވާތައް ކަމާއި ބެހޭ ފަރާތްތަކާއި ހަމައަށް ގެންގޮސް އެކަންކަމަށް ހައްލު ގެނެސްދޭށެވެ.

އައްލޮ ނުކުންނަނީ ތަސައްވަރަކާއި އެކު!

"އަޅުގަނޑުގެ ވަރަށް ބޮޑު އުންމީދުތަކެއް އަބަދުވެސް އޮވޭ މާފަންނާއި މެދު. އެންމެ ކުރިންސުރެ ވަރަށް ގާތްކަމެއް އޮވޭ އަވަށު މީހުންނަށް، އެހެންވެ އަޅުގަނޑު ބޭނުންވީ އަޅުގަނޑުގެ ދާއިރާއަށް ކަމެއް ކޮށްދޭން. އެކަމަށް ވަރަށް ކުރިންސުރެ ވިސްނަމުން އައީ. ދާއިރާއާއި މެދު އަޅުގަނޑުގެ އޮތް ތަސައްވަރު ހަގީގަތަކަށް ހަދަން ފުރުސަތެއް ލިބުން އެއީ އަޅުގަނޑުގެ އެދުން." އައްލޮ ސިޔާސީ މަސައްކަތަށް ނުކުތީ ތަސައްވަރު ހަގީގަތަކަށް ހަދަންކަމަށް ވިދާޅުވެއެވެ.

އައްލޮ ދަންނަ ގިނަ މީހުންގެ ޝަކުވާ އާއި ބޭނުންތަކަށް ބިނާކޮށް އައްލޮގެ ޕްލޭން ވަނީ އެކުލަވާލާފައެވެ. އެ ޕްލޭން އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް މިކެމްޕޭންގެ ތެރޭގައިވެސް ކުރިއަށް ދިޔަކަށް އައްލޮ ވިދާޅުވެއެވެ. އެއީ ދޮރުން ދޮރަށް ހިނގިއިރު ގެތަކުން ލިބުނު ޚިޔާލުތަކެވެ. އެބޭފުޅުންގެ ޖަޒުބާތުތަކެވެ. "ދޮރުން ދޮރުން ހިނގުން ވެގެންދިޔައީ ދާއިރާގެ މެމްބަރު ކަމަށް ކުރިމަތިލުން އެއީ ނިންމުނު ރަނގަޅު ނިންމުމެއްކަން އިހްސާސް ވެގެންދިޔަ ކަމެއް"ކަމުގައި އައްލޮ ވިދާޅުވެއެވެ.

"ބޯހިޔާވަހިކަމަކީ މާފަންނު ދެކުނު ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމީ ދެބަސްވެވެން ނެތް ހަޤީގަތެއް. މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް އަޑު އުފުލާ ވަކަލާތުކޮށް މަސައްކަތް ކުރާނަން. ދާއިރާގެ ރައްޔިތުންގެ ހުވަފެން ހަޤީގަތަކަށް ހެދުމަށް ކުރެވެން ހުރި މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެން"ކަމަށް އައްލޮ ވިދާޅުވެއެވެ.

ހުރިހާ ކުލައަކާއި ގާތްކަމެއް ބާއްވާ އެކުވެރިއެއް!

އައްލޮގެ ތަފާތު ކަމަކީ ސިޔާސީ ގޮތުން ޕީޕީއެމް ފިކުރުގެ މީހެއް ކަމުގައިވިޔަސް އައްލޮ އާއި ނުގުޅޭ މީހެއް މަދުވާނެއެވެ. ހިތް ހެޔޮކަމާއި ހިނިތުންވުމާއި އެކު އެންމެނަށްވެސް އައްލޮ ކުރިމަތިލުމުން ސިޔާސީ ގޮތުން އަނެއްކުލައިގެ މީހާވެސް ސިޔާސީ ވާދަވެރިކަން ހަނދާން ނެތިގެންދެއެވެ. މިފަހަރު "ކުލައަކަށް ބެލުމެއް ނޯންނާނެޔޭ" ބުނެ ކިތައްމެ ބަޔަކު އައްލޮ ހޮވަން ވަނީ ފާޅުގައި ނުކުމެފައެވެ. މިއީ މިއިންތިހާބަށް ނުކުތްއިރު އައްލޮއަށް އޮތް އެންމެ ބޮޑު ހިތްހަމަ

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކުށްމަދުކުރުމަށް ހަމައެކަނި ބާރުގެ ބޭނުންކުރި ޒަމާން މާޒީވެއްޖެ: ސީޕީ
08 Nov 2026 ހަބަރު

ކުށްމަދުކުރުމަށް ހަމައެކަނި ބާރުގެ ބޭނުންކުރި ޒަމާން މާޒީވެއްޖެ: ސީޕީ

ކޮމިޝަނާ ވިދާޅުވީ، މިއަދުގެ ގާބިލު ފުލުހެއްގެ ކިބައިގައި މުހިންމު ތިން އަސާސެއް ފުރިހަމަވާންޖެހޭނެ ކަމަށެވެ.

ބިނާކުރަންވީ އެކަކުވެސް ބާކީނުކޮށް އެންމެންނަށް ޤަދަރުކުރާ މުޖުތަމައެއް: ފަސްޓްލޭޑީ
08 Nov 2026 ހަބަރު

ބިނާކުރަންވީ އެކަކުވެސް ބާކީނުކޮށް އެންމެންނަށް ޤަދަރުކުރާ މުޖުތަމައެއް: ފަސްޓްލޭޑީ

އެކަމަނާ މިފަދައިން ވިދާޅުވީ، އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މިރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި "ރިވެލި އެވޯޑް" ދިނުމުގެ ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޝާހިދަށް ފިޔަވަޅެެއް، އެމްޑީޕީގެ ގައުމީ މަޖިލީހުން ބޭރުކޮށްފި
08 Nov 2026 ހަބަރު

ޝާހިދަށް ފިޔަވަޅެެއް، އެމްޑީޕީގެ ގައުމީ މަޖިލީހުން ބޭރުކޮށްފި

މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ، ރޭގެ ވަގުތެއްގައި ޝާހިދުގެ ރަސްމީ ގެކަމަށްވާ ހ. ރަބީއީމަންޒިލަށް ވަދެ އެ ތަން ބަލައި ފާސްކޮށްފައެވެ.

މޫސުމީ އިންޒާރު ފޯނަށް ލިބޭގޮތަށް މެޓުން މޯބައިލް އެޕްލިކޭޝަނެއް
08 Nov 2026 ހަބަރު

މޫސުމީ އިންޒާރު ފޯނަށް ލިބޭގޮތަށް މެޓުން މޯބައިލް އެޕްލިކޭޝަނެއް

މި ވެބްސައިޓާއި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ މޫސުމީ އިންޒާރުތައް އަދި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ފޮނުވާ ނޮޓިފިކޭޝަންތައް ވަގުތުން ކާރިސާގެ ކުރިން އާންމުންނަށް ލިބޭނެ ފަދަ ހަރުދަނާ ނިޒާމަކާ އެކުގައެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އަބްދުއްރައޫފާއި ސަމީރު
08 Nov 2026 ހަބަރު

ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އަބްދުއްރައޫފާއި ސަމީރު

އެ ފުރުސަތު ބަންދުވީއިރު ކުރިމަތިލެއްވީ ރައޫފާއި ސަމީރެވެ.