އަރބަންކޯގެ ކޮމިއުނިޓީ ރޯދަވީއްލުން މިފަހަރު އޯޓިޒަމް ސެންޓަރގެ ކުދިންނަށް
އަރބަންކޯގެ ފަރާތުން އޯޓިޒަމް ސެންޓަރުގެ ކުދިންނަށާއި ބެލެނިވެރިންގެ އިތުރުން މުވައްޒަފުންނަށް ކޮމިޔުނިޓީ ރޯދަވީއްލުމެއް މިއަދު ސެންޓްރަލް ޕާކުގައި ބާއްވާފިއެވެ.
އެގޮތުން އަރބަންކޯ އިން ބުނެފައިވަނީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާންމަހު އެ ކޯޕަރޭޝަނުން ބާއްވަމުން އަންނަ ކޮމިއުނިޓީ ރޯދަވީއްލުންތަކަކީ އެ ކޯޕަރޭޝަންގެ އެންމެ ބޮޑު އެއް އަމާޒުކަމުގައިވާ ބަދަހި މުޖުތަމައުއެއް ބިނާކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.
އެގޮތުން މި އަހަރުގެ ރޯދަވީއްލުން ހުޅުމާލޭގައި ހިންގަމުން އަންނަ އޯޓިޒަމް ސެންޓަރަށް ޚާއްސަކޮށްފައިވާއިރު އަރބަންކޯއިން އިންތިޒާމުކުރި މި ރޯދަވީއްލުމުގައި އެ ސެންޓަރުގައި ރަޖިސްޓްރީ ވެފައިވާ 192 ކުދިންނަށާއި އެކުދިންގެ ބެލެނެވެރިންނަށް އަދި 40 މުވައްޒަފުންނަށްވެސް ވަނީ ދައުވަތުދީފައެވެ.
މިއާއިއެކު މި ރޯދަވީއްލުން ބޭއްވުުމުގެ ކުރިން މި ރޯދަވީއްލުމުގައި ބައިވެރިވި ކުދިންނަށް ޚާއްސަކޮށް ރޮބޯމޭންގެ ހަރަކާތްތައް ވެސް އަރބަންކޯއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ހިނގާ އޭޕްރިލް މަހަކީ އިންޓަނޭޝަނަލް އޯޓިޒަމް އެވެއަރނެސް މަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ މަހެވެ. އަދި މި ރޯދަވީއްލުން އޯޓިޒަމް ސެންޓަރަށް ޚާއްސަކުރީ މި މަސް ފާހަގަކުރުމަށް އަރބަންކޯގެ ފަރާތުން ބޭއްވޭ ހަރަކާތެއްގެ ގޮތުގައި ކަމަށް އެކޯޕަރޭޝަންއިން ފާހގަކޮށްފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް