ފަސޭހަކަމާއި އެކު ސިއްހަތަށް ފައިދާ ހުރި އެވަކާޑޯ ސުމޫތީ ތައްޔާރު ކޮށްލާނެ ގޮތް!
މިފަދަ ހޫނު ދުވަސް ތަކެއްގައި ފިނިފިނި ސްމޫތީ އެއް ރޯދަ ވީއްލުމަށް ބުއިލުމަކީ ހަށިގަނޑަށް އާރޯކަން ލިބިގެންދާނެ ކަމެކެވެ. އެހެންކަމުން މިއަދު "ވޮއިސް" ގެ ބަދިގެއިން މި ގެނެސްދެނީ ވަރަށް ފަސޭހަ ކަމާއި އެކު އެވަކާޑޯ ސްމޫތީ ތައްޔާރުކުރާނެ ގޮތުގެ ރެސިޕީއެވެ.
ބޭނުންވާނެ ތަކެތި:
1 ދޮންވެފައިވާ އެވަކާޑޯ
1 ދޮން ދޮންކެޔޮ (ފްރޯޒަން)
1 ޖޯޑު ފުލް ކްރީމް މިލްކް
1 މޭޒުމަތީ ސަމުސާ މާމުއި
2 ސްކޫޕް ވެނީލާ އައިސް
އައިސްކިއުބް
ތައްޔާރުކުރާނެ ގޮތް:
1) މިކްސްޗަރަށް އައިސްކިއުބު، އެވަކާޑޯ، ދޮންކެޔޮ އަދި މާމުއި އެޅުމަށްފަހު ރަނގަޅަށް އެކުލަވައިލާށެވެ.
2) ރަނގަޅަށް ހިމުންވެ އެކުވުމުން، ފުލްކްރީމް މިލްކާއި އައިސް ކްރީމް އަޅައިގެން އެކުލަވައިލާށެވެ.
3) ދެން ތައްޓަކަށް އައިސްކިއުބް އެޅުމަށްފަހު ސްމޫތީ އަޅާލާނީއެވެ.
މިހާރު އެހުރީ އެވަކާޑޯ ސްމޫތީ ތައްޔާރުކޮށް ނިމިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް