ހަށިގަނޑުގައި ފޮރުވައިގެން ރަން އެތެރެކުރަން އުޅުނު އިންޑިއާ މީހެއް އަތުލައިގެންފި
ހަށިގަނޑުގައި ރަން ފޮރުވައިގެން ރާއްޖެ އެތެރެވި އިންޑިއާ މީހަކު ހައްޔަރުކޮށްފި އެވެ.
މަރޗް މަހުގެ 17 ވަނަ ދުވަހު ވިޒްއެއާރގެ ފްލައިޓަކުން ރާއްޖެއައި ފަސިންޖަރަކާއިމެދު ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން މި މީހާގެ ހަށިގަނޑު އިތުރަށް ބަލައި ފާސްކުރުމަށްޓަކައި ބޮޑީސްކޭން ކުރިއިރު ހަށިގަނޑުގެ ތެރޭގައި އެއްޗެއް ރައްކާކޮފައި ހުރިކަން ފާހަގަކުރެވުނު ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.
މި ތަކެއްޗާއި ބެހޭގޮތުން މިފަސެންޖަރާއި ސުވާލުކުރުމުން ހަށިގަނޑުގައި ރަން ހުރި ކަމަށް އޭނާ އެއްބަސްވި ކަމަށްވެސް ކަސްޓަމްސްއިންވަނީ ހާމަކޮށްފައެވެ.
މިމައްސަލައިގައި އަތުލައިގަނެފައިވަނީ އިންޑިޔާއަށް ނިސްބަތްވާ 43 އަހަރުގެ ފިރިހެނެކެވެ.މީނާގެ ހަށިގަނޑުން ނެގި ރަނުގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 361 ގްރާމް ހުރި ކަމަށާއި، މިމައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާ ކަމަށްވެސް ކަސްޓަމްސްއިން ހާމަކުރެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް