N/A
N/A
ހަބަރު 09 May 2021 | 05:30

ނިރުބަވެރި ހަމަލާ އާއި ގުޅިގެން ހޯދަމުން ދިޔަ 3 ވަނަ މީހާ ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހުގައި ދެވުނު ނިރުބަވެރި ހަމަލާއާއި ގުޅިގެން ފުލުހުން ހޯދަމުންދިޔަ ތިންވަނަ މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ހިންގި ޚާއްސަ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނެއްގައި މި ފިރިހެންމީހާ ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ހުޅުމާލެއިންނެވެ. މި މީހާއަކީ ރައީސް ނަޝީދަށް އަނިޔާވި އައިއީޑީ ގޮއްވާލިކަމަށް ތުހުމަތުކުރެވިފައިވާ މީހާއެވެ.

އޭނާ ހޯދަން ފުލުހުން ވަނީ އާންމުންގެ އެހީއަށްވެސް އެދިފައެވެ. މި މައްސަލައިގައި އޭނާގެ އިތުރުންވެސް ދެ ދިވެއްސަކު ވަނީ އިއްޔެ ހައްޔަރުކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ބުރާސްފަތި ދުވަހުގެ ރޭ ދިން ހަމަލާގެ ވީޑިއޯއެއް ފުލުހުން ވަނީ އާންމުކޮށްފައެވެ.

ފުލުހުން އާންމުކޮށްފައިވާ ވީޑިއޯގައި ފެނިގެން ދަނީ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ގ. ކެނެރީގެއިން ހަށިފާރަވެރިންނާއެކު ކާރުކޮޅަށް އަރާވަޑައިގެންނެވުމަށް ގޯޅިތެރެއިން ވަޑައިގެން ކާރުކޮޅާ ހަމައަށް އަރާވަޑައިގެންތަނާ ބާރު ގޮވުމެއް ގޮވާތަނެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި، އެ ސަރަޙައްދުގައި ބައެއް އާންމު ރައްޔިތުންވެސް ތިއްބެވެ. އަދި ދުއްވާ އެއްޗެހިވެސް އެ ސަރަޙައްދުގައި ދުއްވަމުން ދާތަން ފެނެއެވެ. ގޮވުން ގޮވި ވަގުތު ރައީސް ނަޝީދު ވެއްޓިވަޑައިގަންނަވާ ތަންެވެސް ވިޑިއޯއިން ފެނެއެވެ.

ވީޑިއޯއިން ފެންނަ ފެނުމުގައިވެސް ގޮއްވާލާފައިވަނީ ވަރަށް ބާރުގަދަ އެއްޗެއްކަން އެނގެއެވެ. އަދި ގޮއްވާލި ވަގުތު އެސަރަޙައްދު ދުމުން ފުރިގެން ދިޔަތަން ފެނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުރާނައަށް ނުރައްކާވާފަދަ ހާދިސާއެއް؛ މަތިން ވެއްޓުނު ވެލި ބަސްތާ ބޮލަށް ނުވެއްޓި މީހަކު ސަލާމަތްވީ ކިރިޔާ
18 Oct 2026 ހަބަރު

ފުރާނައަށް ނުރައްކާވާފަދަ ހާދިސާއެއް؛ މަތިން ވެއްޓުނު ވެލި ބަސްތާ ބޮލަށް ނުވެއްޓި މީހަކު ސަލާމަތްވީ ކިރިޔާ

މާލޭގައި، ހަދަމުންދާ އިމާރާތެއްގެ މަތިން މަގުމައްޗަށް ވެލި ބަސްތާއެއް ވެއްޓި، ހިނގި ނުރައްކާތެރި ހާދިސާއެއްގައި ސައިކަލެއްގައި ދިޔަ މީހަކު ކިރިޔާ ސަލާމަތްވެއްޖެއެވެ. މި ހާދިސާގައި އެ މީހާގެ ބޮލަށް ބަސްތާ ނުވެއްޓި ސަލާމަތްވީ ސިކުންތު ކޮޅެއްގެ ލަސްވުމަކުންނެވެ.

މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ރަސްދޫއިން ހައްޔަރުކޮށްފި
18 Oct 2026 ހަބަރު

މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ރަސްދޫއިން ހައްޔަރުކޮށްފި

ހައްޔަރުކުރި މީހުންގެ ތެރޭގައި އއ. ރަސްދޫގެ ހަތް މީހަކާއި، ހދ. ކުމުންދޫގެ އަންހެނަކާއި، އއ. ތޮއްޑޫގެ މީހަކާއި، ބަންގްލަދޭޝްގެ ރައްޔިތެއް ހިމެނެއެވެ. މި މީހުންގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅުމާއި، ބޭނުންކުރުމާއި، އެ ތަކެތި ވިއްކުމުގެ ކުށުގައެވެ.

ސައީދު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު 35 ގަޑިއިރަށްފަހު ނިންމާލައިފި؛ ”މައްސަލަ ބަލާނެ ކަމުގެ ޔަގީންކަން ވަޒީރު އާއި ޕީޖީ ދެއްވި“
18 Oct 2026 ހަބަރު

ސައީދު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު 35 ގަޑިއިރަށްފަހު ނިންމާލައިފި؛ ”މައްސަލަ ބަލާނެ ކަމުގެ ޔަގީންކަން ވަޒީރު އާއި ޕީޖީ ދެއްވި“

ހެންވޭރު ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ތަކުރާރުކޮށް މީހުންނަށް އުނދަގޫކުރާ މީހެއްގެ މައްސަލައިގައި އިންސާފު ހޯދުމަށް ގޮވާލައި، ގާތްގަނޑަކަށް 35 ގަޑިއިރު ވަންދެން ބީއެމްއެލްގެ ސްޕޯކްސްޕާސަން މުޙައްމަދު ސައީދު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު އެންމެ ފަހުން ހުއްޓާލައިފިއެވެ.

ފުލުހެއް ގައިގައި ގަސްތުގައި ސައިކަލުން ޖެއްސި މީހުންގެ ބަންދަށް އެންމެ 5 ދުވަސް
18 Oct 2026 ހަބަރު

ފުލުހެއް ގައިގައި ގަސްތުގައި ސައިކަލުން ޖެއްސި މީހުންގެ ބަންދަށް އެންމެ 5 ދުވަސް

ސިނަމާލެ ބްރިޖު ހައިވޭގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުސް އޮފިސަރެއްގެ ގައިގައި ސައިކަލަކުން ޖައްސައި ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ކޯޓުން ފަސް ދުވަސް ދީފިއެވެ.

ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި، ޕެންޝަން ފަންޑުގައި ހުރި ފައިސާގެ އަދަދު 60 ބިލިއަން ރުފިޔާއަށް އިތުރުކުރާނަން: ޔަޒްމީދު
18 Oct 2026 ހަބަރު

ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި، ޕެންޝަން ފަންޑުގައި ހުރި ފައިސާގެ އަދަދު 60 ބިލިއަން ރުފިޔާއަށް އިތުރުކުރާނަން: ޔަޒްމީދު

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ބަލަހައްޓަމުންދާ ފައިސާގެ އަދަދު، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ދެގުނަ ކުރައްވައި 60 ބިލިއަން ރުފިޔާއަށް އިތުރުކުރައްވާނެކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު )ސީއީއޯ( ޔަޒްމީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ކާރެއް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓެއް: ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި
18 Oct 2026 ހަބަރު

ހުޅުމާލޭގައި ކާރެއް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓެއް: ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

ހުޅުމާލޭގައި ކޮންޓްރޯލުން ނެއްޓިގެން ދިޔަ ކާރެއް ހޮޅިދަނޑިއެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ދޮޅު އަހަރު ވީއިރުވެސް އާންމު އުނދަގުލަކަށް ވީ މީހާގެ މައްސަލާގައި ހައްލެއް ނުލިބުނު
17 Oct 2026 ހަބަރު

ދޮޅު އަހަރު ވީއިރުވެސް އާންމު އުނދަގުލަކަށް ވީ މީހާގެ މައްސަލާގައި ހައްލެއް ނުލިބުނު

ސައީދު މިރޭ ބުނެފައިވަނީ ފުލުހުން އޭނަ ހައްޔަރުކުރިނަމަވެސް ހަޅުތާލު ކުރިއަށްގެންދާނޭކަމަށާއި، ބޭނުންވަނީ މި މައްސަލައަށް ދައިމީ ހައްލެއްކަމަށެވެ. މި މައްސަލާގައި ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާތާ ދޮޅުއަހަރުވެފައިވާކަން ސައީދު ވަނީ ފާހަގަކުރައްވާފައެވެ.

ޑްރަގް ކެފޭއެއް ހިންގި އެޕާޓްމެންޓުން ހައްޔަރުކުރި ހަ މީހުން 30 ދުވަހަށް ބަންދުކޮށްފި
17 Oct 2026 ހަބަރު

ޑްރަގް ކެފޭއެއް ހިންގި އެޕާޓްމެންޓުން ހައްޔަރުކުރި ހަ މީހުން 30 ދުވަހަށް ބަންދުކޮށްފި

ތުހުމަތުގައި ކޯޓަށް ގެންދިޔަ މީހުން ބުނެފައިވަނީ، އެޕާޓްމެންޓުން ފެނުނު މަސްތުވާތަކެއްޗާ އެމީހުންނަށް އެއްވެސް ގުޅުމެއް ނެތް ކަމަށާއި، ކުރެވިފައިވާ ތުހުމަތުތަކަށް އިންކާރުކުރާ ކަމަށެވެ. ނަމަވެސް ފުލުހުން ހުށަހެޅި ހެކިތައް ބަލައި، ހަ މީހުން ވެސް 30 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވެއެވެ.