ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ މުއިއްޒު ވޯޓު ލައްވައިފި
ޕީޕީއެމް ޕީއެންސީގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު އިންތިހާބުގައި ވޯޓު ލައްވައިފިއެވެ.
މިއަދު ހެނދުނު ޑރ މުއިއްޒު ވޯޓު ލައްވައިފައިވަނީ ތާޖުއްދީން ސުކޫލްގައި ބެހެއްޓިފައިވާ މާފަންނު ދެކުނު ދާއިރާގެ ވޯޓު ފޮށްޓަށެވެ.
ވޯޓު ލެއްވުމަށްފަހު ޑރ މުއިއްޒު ވަނީ، ވީހާވެސް ގިނަ ފަރާތްތަކުން ނިކުމެ އިންތިހާބުގައި ވޯޓު ލެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުން މިއަދު ހެނދުނުން ފެށިގެން ކުރިޔަށް ދާއިރު އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން މުއިއްޒުގެ އިތުރުން ދެން ވޯޓޫލައްވައިފައި ވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް