ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ: ކުރީގައި ޑރ. މުޢިއްޒު!
ރިޔާސީ އިންތިހާބުގެ ވޯޓުލައި ނިމި، ވޯޓުގެ ނަތީޖާތައް އިޢުލާން ކުރަންފަށައިފި އެވެ.
މި އިންތިޚާބުގައި ޖުމުލަ 574 ވޯޓުފޮށި ބަހަށްޓާފައި ވާއިރު، އޭގެތެރެއިން 363 ފޮށީގެ ނަތީޖާ މިހާރު ވަނީ އިއުލާން ކޮށްފައެވެ.
އެ ފޮށިތަކުގެ ނަތީޖާއަށް ބަލާލާއިރު، 45,011 ވޯޓާއެކު އެންމެ ކުރީގައި އުޅެނީ ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު އެވެ. އެއީ ވޯޓުލީ މީހުންގެ %44.3 އެވެ.
އަދި ދެވަނައިގައި އުޅެނީ، 40,363 ވޯޓާއިއެކު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެވެ. އެއީ ވޯޓުލީ މީހުންގެ %39.8 އެވެ.

މިހާރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރިޔާސީ އިންތިހާބު އެއްބުރުން ނުނިމޭނެކަން ގާތްގަނޑަކަށް މިވަނީ ކަށަވަރުވެފަ އެވެ.
އެހެންކަމުން، އިންތިހާބުގައި ދެވަނަ ބުރަކަށް ވޯޓުލާން ޖެހޭނެ ކަމަށް ބެލެވޭ އިރު، ދެވަނަ ބުރުގެ ވާދަކުރައްވާނީ ޑރ. މުޢިއްޒު އާއި ރައީސް ޞާލިހް އެވެ.
ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހު 30 ވަނަ ދުވަހުއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް