ރައީސް ޔާމީންގެ އިސް ޤާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު/ ފޮޓޯ: މިހާރު
ރައީސް ޔާމީންގެ އިސް ޤާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު/ ފޮޓޯ: މިހާރު
ހަބަރު 09 Oct 2023 | 07:13

އާރަށު މައްސަލަ އުފަންކުރީ ސީދާ ރައީސް ޔާމީން އިންތިޚާބުން އެއްފަރާތްކުރުމަށް: ޑރ ޖަމީލު

ވ އާރަށުގެ މުއާމަލާތާއި ގުޅުވާ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލި ދައިވާތަކަކީ ރިޔާސީ އިންތިޚާބުން އެމަނިކުފާނު އެއްފަރާތްކުރުމަށް އުފެއްދި ދައުވާތަކެއް ކަމަށް، ރައީސް ޔާމީންގެ އިސް ޤާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައި ވަނީ ރައީސް ޔާމިނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ އާރަށު މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް އާދިއްތަ ދުވަހަށް ތާވަލުކުރުމަށްފަހު ކެންސަލްކުރުމާއި ގުޅިގެން ގާނޫނީ ވަކީލުންގެ ހުރި ކަންބޮޑުވުންތައް ހާމަކުރައްވާ ވޮއިސް އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ޑރ ޖަމީލު ވިދާޅުވީ އާރަށު މުއާމަލާތާއި ގުޅުވާ ރައީސް ޔާމިނުގެ މައްޗަށް އުފުލާފައިވަނީ ޤާނޫނީ ގޮތުން އެއްވެސް ބުރަދަނެއް ނެތް ދައުވާތަކެއް ކަމަށެވެ. އަދި އެ ދައުވާތަށް ސާބިތުކޮށްދިނުމަށް ދައުލަތަށް އެކަށީގެންވާ ހެއްކެއް ވެސް ދެއްކިފައި ނުވާކަމަށެވެ.

އާރަށު މައްސަލައަކީ ސިޔާސީ ގޮތުން ރައީސް ޔާމީން އެކަހެރިކުރުމަށް އުފަންކުރި މައްސަލައެއް ކަމަށާއި، އެންމެ ބޮޑު މަޤްސަދަކީ ރިޔާސީ އިންތިޚާބުން އެމަނިކުފާނު އެއްފަރާތްކުރުން ކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ.

"އާރަށު މައްސަލައިގައި ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މި މައްސަލައަށް ބެއްލެވިކަމަށް ވާނަމަ ތިބޭފުޅުންނަށް ވެސް ރަނގަޅަށް އެނގވަޑައިގަންނަވާނެ، މި މައްސަލަ ބޭނުންކުރެއްވީ މި ސަރުކާރުން، ނިމެމުން މިދާ ސަރުކާރުން ރައީސް ޔާމީން އިންތިޚާބުން އެއްފަރާތްކޮށް މި މައްސަލަ ބޭނުންކޮށްގެން އިންތިޚާބުން އެއްފަރާތްކޮށްގެން ތިމަންނަމެންނަށް އިންތިޚާބުން މޮޅުވެދާނެކަމަށް ބަލައިގެން އެގޮތުގެ މަތިން"

ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ ޖަމީލު

ޑރ ޖަމީލު އިތުރަށް ވިދާޅުވީ ރިޔާސީ އިންތިޚާބަށް ފަހުވެސް ރައީސް ޔާމީންގެ އިސްތިއުފާނު ލަސްކުރަމުންދާކަމީ ވަރަށް ހިތާމަކުރައްވާ ކަމެއް ކަމަށެވެ. އަދި އެކަން ކުރުމުގެ ފަހަތުގައި ހުންނެވީ ޕީޖީ ޝަމީމުކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވި އެވެ.

ޑރ ޖަމީލު ވިދާޅުވީ ރައީސް ޔާމީން ނުހައްގުން ބަންދުގައި ހުންނަ ކޮންމެ ދުވަހަކީ އެމަނިކުފާނު އެތައް ހައްޤުތަކުން މަހުރޫމުވެގެން ހުންނަ ދުވަހެއް ކަމަށާއި، މިއީ ނިޒާމުގެ ތެރެއިން އިންތިޒާމުކުރެވިގެން ވަކި ފަރުދަކަށް ދޭ ވަރަށް ބޮޑު އަނިޔާއެއްކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
16 Oct 2026 ހަބަރު

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

ށ. އަތޮޅުން އައްޑުއާ ދެމެދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހެނދުނު 8 އިން މެންދުރުފަހު 2 އަށް މެޓުން ހުދު ސަމާލެއް ނެރެފިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް މުޢިއްޒު
16 Oct 2026 ހަބަރު

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް މުޢިއްޒު

ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ނިޒާމުތައް ހަރުދަނާކޮށް، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދީގެން ހުރިހާ ދިވެހިންނަށް އަގުހެޔޮ، ފައިދާހުރި ކާބޯތަކެތި ލިބޭނެ މަގު ފަހިކޮށްދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް
15 Oct 2026 ހަބަރު

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، 2021 ވަނަ އަހަރުވެސް ވެމްކޯއަށް ވަނީ 82 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައެވެ.

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ
15 Oct 2026 ހަބަރު

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި
15 Oct 2026 ހަބަރު

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި

ކުއްލި ފަރުވާގެ ޚިދުމަތާއި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު މިހާރު އެ އިމާރާތުގައި ހަމަޖެހިފައި

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި
15 Oct 2026 ހަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި

އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންނަށް އައި ހެޔޮބަދަލު ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ވެރިކަމުގައި ހުންނައިރު، ހެޔޮއެދޭ ފަރާތްތަކުންދޭ ފައިސާގައި ހިފުމަކީ މަނާކަމެއް ނޫން: ރައީސް ޔާމީން
14 Oct 2026 ހަބަރު

ވެރިކަމުގައި ހުންނައިރު، ހެޔޮއެދޭ ފަރާތްތަކުންދޭ ފައިސާގައި ހިފުމަކީ މަނާކަމެއް ނޫން: ރައީސް ޔާމީން

ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ހެޔޮއެދޭ ފަރާތްތަކުން ފައިސާ ދިނުން މަނާ ނޫން ކަމަށާއި މައްސަލައަކަށް ވަނީ އެ ފައިސާގެ ބަދަލެއްގެ ގޮތުގައި ނާޖާއިޒު ފައިދާ ހޯދައިދިނުން ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ކުރިމިނަލް ކޯޓުގައި ވިދާޅުވެއްޖެއެވެ.

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...