ގައުމީ ހިދުމަތްތެރިޔާ އަޙްމަދު ޢަލީމަނިކު (ކެނެޑީ)
ގައުމީ ހިދުމަތްތެރިޔާ އަޙްމަދު ޢަލީމަނިކު (ކެނެޑީ)
ހަބަރު 09 Nov 2026 | 21:45

މީސްކޮޅެެއްގެ ނިންމުމުގެ ބަދަލުގައި ރަސްމާލެ މަޝްރޫއުއާމެދު އާންމު ވޯޓެއް ނަގަން އަލިމަނިކު ގޮވާލައްވައިފި

ރަސްމާލެ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުވަތަ ރެފަރެންޑަމެއް ކުރިއަށް ގެންދިއުމކީ އެދޭ ގޮތް ކަމުގައި ގައުމީ ހިދުމަތްތެރިޔާ އަޙްމަދު ޢަލީމަނިކު (ކެނެޑީ) ވިދާޅުވެއްޖެ އެވެ.

އަޙްމަދު ޢަލީމަނިކަކީ ވަރަށް ބޮޑު ގައުމީ ހިދުމަތްތެރިއެކެވެ. އެއީ ގައުމީ އިނާމާ ބެހޭ ކޮމެޓީގެ މެންބަރެވެ. އަދި ސްކައުޓް އެެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ޗީފް ކޮމިޝަނަރެވެ. ރާއްޖޭގެ ދެކުނުން ފޯޅަވައްސާއި ރާއްޖެއާ ދެމެދުގައި އޮތް ކަނޑުގެ ސަރަހައްދާއި، ކޮންޓިނެންޓަލް ޝެލްފުގެ އިންތައް ކަނޑައެޅުމަށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި ރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް އުފެއްދި ހާއްސަ ކޮމިޝަންގެ މެންބަރެއްވެސް މެ އެވެ.

ރަސްމާލެ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުވަތަ ރެފަރެންޑަމެއް ކުރިއަށް ނުގެންދާނެ ކަމަށް ރައީސް މިއަދު ވިދާޅުވެފައި ވަނިކޮށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަލީމަނިކު ވިދާޅުވީ ރަސްމާލެ މަޝްރޫއުގެ ސަބަބުން ރާއްހޭގެ މުސްތަގުބަލުގެ ދިވެހީންނަށް ކުރިމަތިވެދާނެ ބޮޑެތި މައްސަލަތަކަށްޓަކައި، މި މަޝްރޫއުގެ ކަންކަމާމެދު މީސްކޮޅެއްގެ ނިންމުމުގެ ބަދަލުގައި މިކަން ރާއްޖޭގެ ވީހާވެސް ގިނަ ބައެއްގެ ރުހުމާއި ބައިވެރިވުން ލިބޭ ގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި އާންމު ވޯޓަކުން ނިންމުމަކީ އެދޭ ގޮތް ކަމަށެވެ.

"މިއީ ރާއްޖޭގެ އަންނަން އޮތް ޖީލުތަކުގެ ހައްގުގައި އަޅުގަނޑު އެދޭ އެދުމެއް. އަޅުގަނޑަކީ ސިޔާސީ މީހެއް ނޫން،" އަލީމަނިކު ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދުވުމުގައި ރައީސް ވާހަކަދައްވަނީ- ފޮޓޯ/ ރައީސް އޮފީސް
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދުވުމުގައި ރައީސް ވާހަކަދައްވަނީ- ފޮޓޯ/ ރައީސް އޮފީސް

ރަސްމާލޭން 500 ހެކްޓަރު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޭން އުޅޭ ކަމަށް ބުނާ މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގޮވާލަން އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ދާދިފަހުން ފާސްކޮށްފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެއީ ރެފަރެންޑަމަށް ދާންޖެހޭ ކަމެއް ނޫންކަމަށެވެ.

"މި ކަމަކީ އަޅުގަނޑުމެން ރިފަރެންޑަމެއް ހިންގާނެ ކަމެއް ނޫން، މި ބިލުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި މިހިރީ ރާއްޖޭގެ ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލާއި އަޅުގަނޑުމެންގެ ގާނޫނުތަކާއި މި ހުރިހާ ކަމަކަށް ރިއާޔަތްކުރެވިފައި މި އޮތީ ގާނޫނުގައި ސީދާ،"

ރައީސް މުޢިއްޒު

ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާ ހަވާލާދެއްވައެވެ. ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާނު ހުށަހެޅުއްވި މި ބިލަކީ ރަސްމާލެ ފަދަ ރިއަލް އެސްޓޭޓް ދާއިރާއަށް ހާއްސަކޮށް އެކުލަވާލެވޭ ފުރަތަމަ ގާނޫނެވެ.


މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސަރުކާރަށް ފާޑުކިޔަސް ޓީޗަރުންނަށް ފިޔަވަޅެއް ނާޅަން، މިހާރު ބިރެއް ނޯންނާނެ
09 Nov 2026 ހަބަރު

ސަރުކާރަށް ފާޑުކިޔަސް ޓީޗަރުންނަށް ފިޔަވަޅެއް ނާޅަން، މިހާރު ބިރެއް ނޯންނާނެ

ކުރީ ސަރުކާރު ނިމުނުއިރު 100 ވުރެ ގިނަ ޓީޗަރުންނަށް އިންޒާރުދީ ސަސްޕެންޑްކޮށް ހަދާފައިވާ ކަމަށާ ނަމަވެސް މި ސަރުކާރުގައި ސަރުކާރަށް ފާޑުކީ ނަމަވެސް ފިޔަވަޅެއް ނާޅާނެ ކަމަށް ވިދާޅުވި އެވެ.

ރަސްމާލެ ހިއްކަން ހަރަދުވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު
09 Nov 2026 ހަބަރު

ރަސްމާލެ ހިއްކަން ހަރަދުވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލޭގެ 1،009 ހެކްޓަރު ހިއްކާ ނިމޭއިރު ހަރަދުވާނީ 330 މިލިއަނެއްހާ ރުފިޔާ ކަމަށެވެ.

ސަރުކާރުގައި މުވައްޒަފުން ތިބީ ބޭނުންވާ އަދަދަށްތޯ ބަލަން އޮޑިޓެއް ހަދަނީ
09 Nov 2026 ހަބަރު

ސަރުކާރުގައި މުވައްޒަފުން ތިބީ ބޭނުންވާ އަދަދަށްތޯ ބަލަން އޮޑިޓެއް ހަދަނީ

ސަރުކާރުގެ އިދާރާތަކުގައި މުވައްޒަފުން ތިބީ އެ ތަންތަނަށް ހަގީގަތުގައި ވެސް ބޭނުންވާ މިންވަރަށްތޯ ބެލުމަށްޓަކައި ޚާއްސަ އޮޑިޓެއް ކުރުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެ އެވެ.

ވީރާނާވާން ދޫކޮށްލާފައި އޮތް، ހުޅުމާލޭ ވޯޓަރ ތީމް ޕާކް ތަރައްޤީކުރުމުގެ މަސައްކަތް އަލުން ފަށަނީ
09 Nov 2026 ހަބަރު

ވީރާނާވާން ދޫކޮށްލާފައި އޮތް، ހުޅުމާލޭ ވޯޓަރ ތީމް ޕާކް ތަރައްޤީކުރުމުގެ މަސައްކަތް އަލުން ފަށަނީ

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް އެ ވޯޓަރ ތީމް ޕާކްގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ވަނީ އެތަން ބަޔަކާ ހަވާލުކޮށްފައި ކަމަށެވެ.

އަމާޒަކީ މިހާރު ފަށާފައިވާ މަޝްރޫއުތަކުގެ %70 މަސައްކަތް އަންނަ އަހަރަށް ނިންމުން: ޒަރީރު
09 Nov 2026 ހަބަރު

އަމާޒަކީ މިހާރު ފަށާފައިވާ މަޝްރޫއުތަކުގެ %70 މަސައްކަތް އަންނަ އަހަރަށް ނިންމުން: ޒަރީރު

މި އަހަރުގެ ބާކީ އޮތް މުއްދަތުގައި ތަރައްގީގެ މަޝްރޫއުތައް ނިންމުމަށް އިތުރު 1.5 ބިލިޔަން ރުފިޔާ ހޭދަވާނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ބިދޭސީއަކު ޓިކްޓޮކެއްގައި ދިވެހި ފައިސާގެ ނޫޓެއް ވީދާލުން، މިއީ ޤާނޫނީގޮތުން ބޮޑު ކުށެއް!
09 Nov 2026 ހަބަރު

ބިދޭސީއަކު ޓިކްޓޮކެއްގައި ދިވެހި ފައިސާގެ ނޫޓެއް ވީދާލުން، މިއީ ޤާނޫނީގޮތުން ބޮޑު ކުށެއް!

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ވީޑިއޯއިން ފެންނަ ގޮތުގައި، އެ މީހާ ވަނީ 5 ރުފިޔާގެ ދިވެހި ނޫޓެއް އަނގައިން ވީދާލާފައެވެ. މިއީ ރާއްޖޭގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކުގައި ގާނޫނީ ގޮތުން ކުށެކެވެ.

ޝާހިދު ހައްޔަރުކުރަން ނެރުނު އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި
09 Nov 2026 ހަބަރު

ޝާހިދު ހައްޔަރުކުރަން ނެރުނު އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި

މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ، ރޭގެ ވަގުތެއްގައި ޝާހިދުގެ ރަސްމީ ގެކަމަށްވާ ހ. ރަބީއީމަންޒިލަށް ވަދެ އެ ތަން ބަލައި ފާސްކޮށްފައެވެ.

"ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވައިފި
09 Nov 2026 ހަބަރު

"ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވައިފި

ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން (ޑީއާރްއެޗްސީ) ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފިއެވެ.