N/A
N/A
ހަބަރު 05 Dec 2018 | 05:37

ސޭލްއަޅުވައިގެން އަންނަ ފަރާތްތަކަށް މިޕާޓީގައި ޖާގައެއްނެތް - އެމްޓީޑީ މުޝްތަޝާރު

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

ސޭލް އަޅުވައިގެން އަންނަ ފަރާތްތަކަށް މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް އިން ޖާގަނޯންނާނެކަމަށް އެޕާޓީގެ މުޝްތަޝާރު އާސިފް ވިދާޅުވެއްޖެއެވެ.

"ވޮއިސް"އަށް ދެއްވި ބަސްދީގަތުމެއްގައި އާސިފް ވިދާޅުވީ ޕާޓީ ރެޖިސްޓްރޭޝަން މަސައްކަތުގައި ފާހަގަކުރެވުނު ކަމަކީ ކުރީގައި ޕާޓީތައް އުފައްދަން އުޅުނު ބައެއް މީހުންނާއި، ވެރިކަން ކޮށްފައިވާ ޕާޓީތަކުގައި މަސައްކަތް ކުރެއްވި މީހުން ކަންތައްތައްކޮށްފައި ހުރިގޮތުން ބައެއް ކަހަލަ ރިކުއެސްޓްތައް އަންނަމުން ދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އާސިފް ވިދާޅުވިގޮތުގައި މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް ޕާޓީއަކީ ޤައުމުގެ މުސްތްޤްބަލް ބިނާކުރަން ހަދާޕާޓީއެއްކަމާއި، ޕާޓީ އުފެއްދުމުގެ މަރުހަލާގައި ބައެއްކަހަލަ ކަންތައްތައް ޝޯޓްޓައިމް ގެއިންއަށް ނުގެންގުޅޭނެކަން އެހެންއަންނަ ފަރާތްތަކަށް ސާފުވާން ޖެހޭނެކަމަށެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތަކަށް ފައިސާއަށް މީހުން ވެއްދުމާއި، ވަނުމަށް ހުށަހަޅާ ހުށަހެޅުންތަކަށް އާޝިފްވަނީ ވަރަށް ހަރުކަށިކޮށް ރައްދު ދެއްވާފައެވެ. އަދި މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސްއަށް އެފަދަ ހުށަހެޅުން ސޭލް އަޅުވައިގެން ތިބެ ގްރޫޕްތަކާއި ކްލަބްތަކުން އަންކަން އާސިފް ފާހަގަކުރައްވައި އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކުރެއްވެވިއެވެ.

"އަޅުގަނޑު ވަރަށް ދެރަވޭ ބައެއް ޒުވާން ކްލަބްތަކުން ސޭލް އަޅުވައިގެން މިގޮތަށް އުޅޭތީވެ. މި އިންޓަވިއުގައި އަޅުގަނޑު ބޭނުން ހާމަކުރަން އެގޮތަށް މެސެޖް އަޅުގަނޑަށް ނުކުރަން. މިއަދުގެ ފަހުން އެހެން އަންނަ މެސެޖްތައް މީޑިއާއަށް ހާމަކުރާނަން" އެމްޓީޑީގެ މުޝްތަޝާރު ވިދާޅުވިއެވެ.

ސިޔާސީ ޕާޓީ އުފެއްދުމަށް އިލެކްޝަން ކޮމިޝަނުން ހުއްދަ ދިނުމާއެކު ޕާޓީއަށް އެންމެ ފުރަތަމަ މެންބަރެއްގެ ގޮތުގައި ސޮއިކޮށްފައިވަނީ މިހާރު ޖަލުހުކުމް ތަންފީޒުކުރަމުން ގެންދަވާ ކުރީގެ ނައިބް ރައިސް އަހްމަދު އަދީބްކަން ފާހަގަކުރެވެއެވެ.

އެއާއެކު ޕާޓީއަށް ގިނަ އަދަދަކަށް ޒުވާނުން ވަންނަމުން ދާކަން އެޕާޓީން ހާމަކުރައްވައެވެ. އަދީބަކީ މީގެ ކުރިންވެސް ޒުވާނުްގެ މެދުގައި ވަރަށް މަޤުބޫލު ފަރާތެއްގޮތުގައި މީގެކުރީގައި ވެސް ފާހަގަކުރެވޭ ފަރާތެކެވެ.

އެކަމާ ގުޅޭގޮތުން އާސިފް ވިދާޅުވީ އެ ޕާޓީއާއި ގުޅޭ އެންމެންވެސް ޤަބޫލުކުރާގޮތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ހަމަ އެކަނިއޮތް ޕާޓީއަކީ މިއީކަމަށާއި، އަދި ރާއްޖޭގައި ޒުވާނުންނަކީ ސިޔާސީކަންތަކަށް ލޯހުޅުވިފައިވާ ހޭލުންތެރި ފަރާތްތަކެއް ކަމުން ޒުވާނުން މިފަދަ ފުރުސަތުގެ ބޭނުން ހިފަނީކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް އިލެކްޝަންގައި ރެޖިސްޓަރ ކުރުމަށް މިހާރު އެޕާޓީން ގެންދަނީ 3000 ސޮއި ހަމަ ކުރުމުގެ މަސައްކަތެވެ. މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުގައި، އަދި ސްރީލަންކާ، އިންޑިއާ މެލޭޝިއާގައިވެސް ޕާޓީއަށް މީހުން ސޮއިކުރުމުގެ މަސައްކަތްދާކަން އެޕާޓީން ހާމަކުރައްވައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...