އިއާދަކުރަނިވި ހަކަތައިގެ ސަބަބުން ރަކީދޫގައި ޖަނަރޭޓަރު ހިންގަންޖެހެނީ އެންމެ ދެ ގަޑިއިރު: ފަހުމީ
ވ.ރަކީދޫގައި ގާއިމުކުރެވިފައިވާ އިއާދަކުރުވަނިވި ހަކަތައިގެ ސަބަބުން އެރަށުގައި ޖަނަރޭޓަރު ހިންގަން ޖެހެނީ ދުވާލަކު އެންމެ ދެ ގަޑިއިރު ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިގޮތުން، ފަހުމީ ވިދާޅުވި ގޮތުގައި، ރަކީދޫއަށް ކަރަންޓު ފޯރުކޮށްދެނީ ހައިބްރިޑް ޕީވީ-ބީއީއެސްއެސް-ޑީޖީ ސިސްޓަމް މެދުވެރިކޮށެވެ.
ސޯލާ އަދި ބެޓެރި ސްޓޯރޭޖުގެ ސަބަބުން ރަކީދޫގައި ކަރަންޓު ދިނުމަށް ޖަނަރޭޓަރު ހިންގަން ޖެހެނީ ދުވާލަކު އެންމެ ދެ ގަޑިއިރު ކަމަށް ފަހުމީ ވިދާޅުވިއެވެ.
މިއާއިއެކު، މިއީ ވަރަށް ބޮޑު ކާމިޔާބީއެއްކަން ފާހަގަކުރައްވާ، ފަހުމީ ވަނީ ހަކަތައިގެ 33 ޕަސެންޓް އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް