ޑރ. ޝަމީމްގެ ”ފަލާޙާއި ކާމިޔާބު އެދި ގޮވަނީ“ ދަރުސް މިރޭ ހއ. ދިއްދޫގައި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ، ޑރ. އާދަމް ޝަމީމްގެ ޚާއްސަ ދަރުހެއް މިރޭ، ހއ. ދިއްދޫ ގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
”ފަލާޙާއި ކާމިޔާބު އެދި ގޮވަނީ“ ނަމުގައި ބާއްވާ މި ދަރުސް އޮންނާނީ، މިރޭ 21:00 ގައި ހއ. ދިއްދޫ ދެކުނު ސްޓޭޖުގައެވެ.
މިއީ، އަލް އަސްރާއި ދިއްދޫ ޔޫތް ޗެލެންޗް ސްފޯޓްސް ކްލަބާއި، ބާރަލާ ސްޕޯޓްސް ކްލަބުގެ އިތުރުން އައްސޭރި އެފް.ސީ ގުޅިގެން ކުރިއަށް ގެންދާ ދަރުހެކެވެ.
މި ދަރުސް ދާރިސް ޓީވީން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދާދިފަހުންވެސް ޑރ ޝަމީމް ވަނީ، މާލޭ ގަޔާއި، ނޮޅިވަރަމްގައިވެސް ބާއްވާފައެވެ. އެގޮތުން މާލޭގެ ދަރުސް ”ކަލަކުވޭ ބިރުވެތިވޭ“ ނަމުގައި ބޭއްވި އިރު، ނޮޅިވަރަމްގެ ދަރުހުގައި އަލިއަޅުވާލައްވާފައިވަނީ، ”އަޖަލު މާ ގާތޭ“ މައުޟޫއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް