ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި މިއަދުގެ ހުކުރު ޚުތުބާގައި ދުޢާކޮށްފި އެވެ.
މިއަދު މުޅި ރާއްޖޭގައި އިއްވި ހުކުރު ޚުތުބާގައި ބުނީ މާތް ﷲ އާއި އެކަލާނގެ ރަސޫލާ ޙުރުމަތްތެރިކުރައްވައިފައިވާ މާތްވެގެންވާ މައްކާއާއި މަދީނާގެ ޙުރުމަތް ކަނޑައި، ޙޫޘީން ދެމުންދާ އަނިޔާވެރި ލާއިންސާނީ ޢުދުވާނީ ޙަމަލާތަކާއި އިންޛާރުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އަދި އެ ދެ ރަށަކީ ޤިޔާމަތާހަމައަށް މާތް ﷲ ޙުރުމަތްތެރިކުރައްވައިފައިވާ މުޤައްދަސު ދެ ރަށް ކަމަށާ އެއިން ތަނަކަށް ޙަމަލާއެއްދިނުމަކީ މުސްލިމުންގެ ހިތްތައް ހިތާމައިން ކުދިކުދިވެދާވަރުގެ ކަމެއް ކަމަށެވެ.
އޭގެ ފަހުން ހުތުބާގައި ވަނީ ޙޫޘީގެ ހަމަލާތަކުން މައްކާއާ މަދީނާ ހިމާޔަތް ކުރެއްވުން އެދި ދުއާކޮށްފަ އެވެ. އަދި އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް