9 ސްޓޭޓް މިނިސްޓަރަކާއި ރައީސް އޮފީހުގެ މިނިސްޓަރަކު އައްޔަންކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރކަމާއި، ނުވަ މިނިސްޓްރީއެއްގެ ސްޓޭޓް މިނިސްޓަރ ކަމުގެ މަގާމަށް ބޭފުޅުން އައްޔަންކޮށްފިއެވެ.
މި ބޭފުޅުން އައްޔަންކުރުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ރައީސް އޮފީހުގެ މިނިސްޓަރ ކަމުގެ މަގާމަށް އައްޔަންކޮށްފައިވަނީ މ.ފީރޯޒްވިލާ އަޙްމަދު ސަމީރުއެވެ. ސަމީރަކީ ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރައްވަމުން ގެންދަވާ ފަރާތެކެވެ. އަދި އެބޭފުޅާ ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް އަދާކުރައްވާފައެވެ.
މިއަދު ސްޓޭޓް މިނިސްޓަރ ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރައްވާފައިވާ ފަރާތްތަކަކީ:
- ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ހަސަން ޝުޖާއު
- ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އިސްމާއިލް އަލި މަނިކު
- ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުހައްމަދު އަލީ
- ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަލީ ސޯލިހް
- އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަހުމަދު ރިޔާޒް
- ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުހައްމަދު އަހުމަދު
- ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އަހުމަދު ނަޝީދު
- ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އަޝްހަދު އަލީ (އަޑުބަރޭ)
- ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ސްޓޭޓް މިނިސްޓަރަކަށް ފަޒްނާ ޝާކިރު، އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް