ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)؛ ފޮޓޯ / ވޮއިސް
ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)؛ ފޮޓޯ / ވޮއިސް
ހަބަރު 30 Sep 2026 | 15:28

ރަސްމާލެ އެއްބަސްވުމާ ގުޅޭ 34 ސުވާލަކަށް ޖަވާބު ހޯދަން ޕީއެންއެފުން ރައީސަށް ސިޓީ ފޮނުވައިފި

އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދިން މުޢާމަލާތާ ގުޅޭ ގޮތުން ސަރުކާރުން ހާމަނުކޮށް ހުރި ކަންކަން ސާފުކޮށްދިނުމަށް އެދި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ސިޓީއެއް ފޮނުވައިފިއެވެ.

އެ ޕާޓީން ފާހަގަކުރި ގޮތުގައި މި ޑީލާ ބެހޭ ގޮތުން ސާފުނުވާ ގިނަ ކަންތައްތަކެއް އެބައޮތެވެ. ދިވެހި ރައްޔިތުންގެ މަޞްލަޙަތާއި ދައުލަތުގެ މިނިވަންކަމާއި އިސްތިޤުލާލަށް ނުރައްކާ ވެދާނެ ކަމުގެ ކަންބޮޑުވުން ވެސް އެ ސިޓީގައި ބުންޏެވެ.  ޖުމްލަ 34 ނުކުތާއަކަށް ޖަވާބު ދެއްވުމަށް ސިޓީގައި ރައީސްގެ އަރިހުން އެދިފައިވެއެވެ.

ޕީއެންއެފުން ސާފުކުރަން ހުށަހެޅި ކަންކަމުގެ ތެރޭގައި އީގަލް ހިލްސަށް ދޫކުރާ ބިމުގެ އަގާއި ބިން ކުއްޔަށް ދިނުމުގެ ކުރިން ޤާނޫނު އަސާސީ އާއި އެހެން ޤާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތަކެއް ހުރިނަމަ އެ ބަދަލުތައް ބަޔާންކޮށްދިނުމާއި ބިން ހިއްކައި ރިވެޓްމެންޓު ޖެހުމަށް ސަރުކާރުން ހޭދަކުރި ޢަދަދު ހިމެނެއެވެ. ހަމައެހެންމެ، 99 އަހަރަށް ބިން ދޫކުރުމުގެ ޝަރުތުތައް މާނަކުރާ ގޮތާއި މަޝްރޫޢު ޙަވާލުކުރި އުސޫލާއި އީގަލް ހިލްސަށް ލިބޭ ބިމުން ތިން ވަނަ ފަރާތަކަށް މިލްކުކޮށްދެވޭނެތޯ ވެސް އެ ސިޓީގައި ސުވާލު އުފައްދާފައިވެއެވެ.

ރަސްމާލެއިން 500 ހެކްޓަރުގެ ބިން އީގަލް ހިލްސަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުއެވެ.

މި މުޢާމަލާތާ މެދު ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް ރައްދުވަމުން ދިޔަ ނަމަވެސް ސަރުކާރުން ބުނަމުން ގެންދަނީ ރިސޯޓުތައް ދޫކުރާ ޢާންމު އުސޫލުން ދީފައިވާ ތަނެއް ކަމަށާއި މި އިންވެސްޓްމެންޓުގެ ސަބަބުން ރާއްޖެ ކުރިން ނުދެކޭ ފެންވަރުގެ އާމްދަނީ ލިބޭނެ ކަމަށެވެ.

އެ ގޮތުން، މިއަދު ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އެކްސް މެދުވެރިކޮށް ކުރެއްވެވި ޕޯސްޓެއްގައި ވަނީ ދިވެހިރާއްޖެއަށް މި މަޝްރޫޢުގެ ސަބަބުން ދައުލަތަށް އަހަރަކު 1.1 ބިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން، ވަޒީރު ހީނާ ވަލީދު ވެސް ވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ބުރޫއަރާ ފަދަ އަދި ދިވެހިރާއްޖޭގެ ޤައުމިއްޔަތުގެ އަސާސްތަކާ ތަޢާރަޒްވާފަދަ އެއްވެސް ކަމެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނުކުރައްވާނެ ކަމަކީ ޔަގީންކަމެއް ކަމަށް ވިދާޅުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.