މައުމޫން ފައުންޑޭޝަންގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ
މައުމޫން ފައުންޑޭޝަންގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ
ހަބަރު 10 Feb 2026 | 19:00

މައުމޫންގެ ޕްރެޒިޑެންޝަލް ލައިބްރަރީ އެންޑް އާކައިވް މަޝްރޫޢު އިފްތިތާހުކުރަނީ

މައުމޫންގެ ޕްރެޒިޑެންޝަލް ލައިބްރަރީ އެންޑް އާކައިވް މަޝްރޫޢު އިފްތިތާހު ކުރަން ނިންމާފައިވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މައުމޫން ފައުންޑޭޝަންގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާ ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވަނީ ކުރިއަށް އޮތް އަހަރަށް ރޭވިފައިވާ މުހިންމު މަޝްރޫޢުތަކުގެ ތަފްސީލް ހިއްސާ ކުރައްވާފަ އެވެ.

އެގޮތުން މައުމޫންގެ ޕްރެޒިޑެންޝަލް ލައިބްރަރީ އެންޑް އާކައިވް މަޝްރޫޢު ފާހަގަ ކުރެއްވި އެވެ. މިއީ ގައުމީ ފެންވަރުގެ ބޮޑު މަސައްކަތެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ. މި މަޝްރޫއުގެ މަގްސަދުތަކާއި، ދުރު ރާސްތާގެ ތަސައްވުރު ހިމެނޭ ފުރިހަމަ ޕްރޮޕޯޒަލެއް މިހާރު ތައްޔާރު ކުރެވިފައިވާ ކަމުގެ މައުލޫމާތު މެންބަރުންނަށް ދެއްވިއެވެ. މި މަޝްރޫއުގެ މަގްސަދަކީ ރައީސް މައުމޫންގެ ހަޔާތްޕުޅާއި ގައުމީ ޚިދުމަތާއި ގުޅުންހުރި ތަގުރީރުތަކާއި، ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ފޮތްތަކާއި، ވީޑިއޯތަކާއި އަދި ތާރީޚީ ރެކޯޑުތައް އެއްކޮށް، ރައްކާތެރިކޮށް، ޑިޖިޓަލައިޒްކޮށް ތަރުތީބުކުރުމެވެ. އަދި މި ތަކެތި ދިރާސާކުރާ ފަރާތްތަކަށާއި، ދަރިވަރުންނަށާއި، އާންމު ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މި އާކައިވް ގާއިމުކުރެވުމުން، މިއީ ދިވެހި ތާރީޚުގެ މުހިންމު ބާބެއް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭ ގައުމީ ވަސީލަތަކަށް ވެގެންދާނެ ކަމުގައި މައުމޫން ވިދާޅުވި އެވެ.

މީގެ އިތުރުން، ރާއްޖެއާއި، ރާއްޖެއިން ބޭރުގެ ފަންނީ މާހިރުންނާއި ޖަމްޢިއްޔާތަކުގެ އެހީތެރިކަމާއެކު ތިމާވެށި ހިމާޔަތްކުރުމާއި ދެމެހެއްޓެނިވި ތަރައްގީއަށް އަމާޒުކޮށްގެން ހިންގާ ތިމާވެށީގެ އައު މަޝްރޫއެއް ވެސް އެމަނިކުފާނު އިޢުލާނުކުރެއްވި އެވެ. މީގެއިތުރުން ރާއްޖޭން ބޭރުން ދިވެހި ދަރިވަރުންނަށް ތަޢުލީމީ ފުރުސަތުތައް ފުޅާކުރުމަށްޓަކައި ފޮރިން ސްކޮލާޝިޕް ޕްރޮގްރާމް ހިންގުމަށް ރޭވިފައިވާކަންވެސް މައުމޫން ފާހަގަކުރެއްވި އެވެ.

މި އަހަރަށް އިއުލާނުކުރެވުނު އަނެއް މުހިންމު މަސައްކަތަކީ އިސްލާމީ މަރުކަޒު މަރާމާތުކޮށް އާބާތުރަފިލުވުމުގެ މަޝްރޫއެވެ. 40 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އިސްލާމީ މަރުކަޒު މަރާމާތުކުރުމަށްޓަކައި، އިސްލާމީ ކަންތައްތަކާބެހޭ ވުޒަރާއާއެކު މައުމޫން ފައުންޑޭޝަނުން ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާކަން ފާހަގަކުރައްވާ މައުމޫން ވިދާޅުވީ މި މަޝްރޫއުގެ ބޭނުމަކީ އެމަނިކުފާނުގެ ވެރިކަމުގައި ބިނާކުރެވުނު، ރާއްޖޭގެ އެންމެ މުހިންމު ބިނާ ކަމުގައިވާ އިސްލާމީ މަރުކަޒު ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ރަނގަޅު ފެންވަރެއްގައި ރައްކާތެރިކަމާ އެކު ބެލެހެއްޓޭނެގޮތް ކަށަވަރު ކުރުމަށް ރާއްޖެ އާއި، ރާއްޖެއިން ބޭރުން ފަންޑު ހޯދައިގެން މަސައްކަތް ކުރުން ކަމަށެވެ. މި ފަހުމުނާމާގެ ދަށުން ދީނީ، ތަޢުލީމީ އަދި އިޖުތިމާއީ ހަރަކާތްތަކުގައި ފުޅާ ދާއިރާއެއްގައި އެއްބާރުލުން ދިނުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.