ލ. ގަމުން ޒުވާނަކު ގެއްލިގެން ހޯދަނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ލ. ގަމުން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުންދަނީ ލ.ގަން ތުނޑި، ކުރިބޯށި، އަމްޖާޒް އަލީ (20) އެވެ.
ގަމު ކައުންސިލުން މިކަން އިއުލާންކޮށް ބުނި ގޮތުގައި އަމްޖާޒްގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ ރޭ 12:00 ހާއިރު އެވެ.
އަދި އާއިލާއިން މައުލޫމާތު ދިންގޮތުން ރޭ ދަންވަރު 2:00 ގެ ފަހުން އޭނާގެ ފޯނަށްވެސް ނުގުޅެއެވެ.
އަމްޖާޒް އެންމެ ފަހުން ލައިގެން ހުރީ މަޑު ފެހި ކުލައެއްގެ ޓީޝާޓަކާއި ކަޅު ކުލައިގެ ޖިންސެއް ކަމަށް އާއިލާއިން ވަނީ މައުލޫމާތު ދީފަ އެވެ.
އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 9502503 އަށް ގުޅުމަށް އާއިލާއިން ވަނީ އެދިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް