ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު
ހަބަރު 20 Feb 2024 | 08:14

ކުރީ ސަރުކާރު ނިމުނުއިރު އާއްމުންނަށް 9 ބިލިއަން ރުފިޔާ ދައްކަން އޮތް؛ މިދަނީ އެ ފައިސާ ދައްކަމުން: ރައީސް

ކުރީގެ ރައީސް، އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރު ނިމުނުއިރު އާއްމު ރައްޔިތުންނަށް ސަރުކާރުން ދޭންޖެހޭ 9 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށާ، މި ސަރުކާރުން އެ ފައިސާ ދައްކައި ޚަލާސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން، އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ވަނީ، އެރަށު ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތާއި، ބަނދަރުގެ މަސައްކަތާއި ބިން ހިއްކުމުގެ މަސައްކަތްވެސް ރައްޔިތުން އެދޭގޮތަށް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

އެފަދަ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ ސަރުކާރުގެ މާލީ ހާލަތު ތަންދޭ މިންވަރަކުން ކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިޤުތިޞާދު އޮތް ނުރަނގަޅު ހާލަތުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

އެގޮތުން އެކިއެކި މަސައްކަތްތައް ކޮށްފައި ފައިސާ ނުދައްކާ ގިނަ އަދަދެއްގެ ބިލްތަކެއް އެމަނިކުފާނު ސަރުކާރަށް ވާރުތަވެގެން އައިކަމަށާއި، ހަމައެކަނި ރާއްޖޭގެ އެކި ފަރާތްތަކަށް ދައްކަންޖެހޭ ޖުމްލަ 9 ބިލިޔަން ރުފިޔާގެ ބިލް ހުރިކަމާއި، ބޭރުގެ ފަރާތްތަކަށް އޮތް ދަރަނި 120 ބިލިއަން ރުފިޔާއަށް އަރާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ރާއްޖެއަށް މިހާރު އިޤުތިޞާދީގޮތުން ކުރިމަތިވެފައިވާ ދަތިތަކަކީ މި ދަރަނިތަކާހުރެ ކުރިމަތިވެފައިވާ ދަތިތަކެއްކަމަށާއި، އެހެންނަމަވެސް އެމަނިކުފާނުގެ ސަރުކާރުން މި ދަރަނިތައް އަދާކުރުމުގެ މަސައްކަތް ކުރަމުންދަނީ މީގެ ކުރިޔާ ޚިލާފަށް ފައިސާ ޗާޕު ކޮށްގެން ނޫން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.