އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ރ.އަތޮޅު ފުއްގިރީގައި ޖަހާފައި ހުރި އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ވެއްޓުނީ ފުއްގިރީގައި ހުންނަ ދިރާގު އެންޓަނާއަސް އަރާއުޅުނު އިންޑިއާއަށް ނިސްބަތްވާ މީހެކެވެ.
އެންޓަނާ މަތިން ވެއްޓުނު މީހާގެ މައިބަދައަށް ވަރަށްބޮދަށް އަނިޔާވެފައިވާއިރު، އުނަގަނޑުގެ ކަށިގަނޑެއް ބިނދިފައިވާކަމަށް މައުލޫމާތު ލިބެއެވެ. އޭނާއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އެމަޖެންސީގައި ފަރުވާދެމުންދާއިރު، އެމީހާ މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް