ހެމްލައިން ޔުނިވާސިޓީ
ހެމްލައިން ޔުނިވާސިޓީ
ހަބަރު 10 Jan 2023 | 08:56

އެމެރިކާގެ ލެކްޗަރަރއެއް ރަސޫލާ ޞޢވގެ ކާޓޫނު ދަރިވަރުންނަށް ދެއްކި މައްސަލައެއް

އެމެރިކާގެ ޔުނިވާސިޓީ އެއްގައި ކިޔަވައިދޭ ލެކްޗަރަރ އެއް އޭނާގެ ދަރިވަރުންނަށް އަހަރެމެންގެ މާތް ނަބިއްޔާ މުހައްމަދު ޞޢވގެ ސޫރަ ސިފަކޮށްދީ ކުރަހާފައިވާ ކުރެހުންތަކެއް ދެއްކި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެމެރިކާގެ ހެމްލައިން ޔުނިވާސިޓީގައި ކިޔަވައިދޭ އެ ޓީޗަރު، ގްލޯބަލް އާރޓް ހިސްޓްރީ މާއްދާ އޮންލައިންކޮށް ކިޔަވައި ދެމުން ރަސޫލާ ޞޢވގެ ސޫރަ ސިފަކޮށް ފެންކުލައިން ކުރަހާފައިވާ އެ ކުރެހުންތައް ދަރިވަރުންނަށް ދައްކާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ނަމަވެސް އެކަން މީޑިއާ އަށް ތިލަވެގެން ގޮސްފައިވަނީ މި ހަފްތާ ތެރޭގައެވެ.

އެމެރިކާގެ އެ ލެކްޗަރަރ ރަސޫލާ ޞޢވ ސިފަކޮށް ކުރަހާފައިވާ ދެ ތަސްވީރެއް ދަރިވަރުންނަށް ދައްކާފައިވާ ކަމަށް ބޭރުގެ މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވެއެވެ. އަދި އެ ފޮޓޯތައް ދެއްކުމުގެ ކުރިން އެއީ ވަރަށް ނާޒުކު ފޮޓޯ ތަކެއް ކަމަށާ، އެ ބަލަން ބޭނުން ނުވާ ކުދިން އޮންލައިން ކުލާހުން ނުކުތުމަށް ވެސް  އަނގަބަހުންނާއި ލިޔުމުން އޭނާ ދަރިވަރުންނަށް އަންގާފައިވާ ކަމަށް ހެމްލައިން ޔުނިވާސިޓީގެ ދަރިވަރުންގެ ނޫހުން ބުނެފައިވާ ކަމަށް ބޭރުގެ ނޫސްތަކުގައި ބުނެފައިވެއެވެ.

އަދި މީގެ އިތުރުން، ރަސޫލުންގެ ސޫރަ ކުރަހާފައިވާ ފޮޓޯތައް ކުރެހުމަކީ ހުއްދަ ކަމެއް ނޫން ކަމަށް މުސްލިމުން ގަބޫލު ކުރާ ކަމަށާ، އެހެން ނަމަވެސް އެ ފޮޓޯތައް ދައްކަނީ ދައްކަން ޖެހޭތީ ކަމަށް އޭނާ ބުނެފައިވާ ކަމަށް ހެމްލައިން ޔުނިވާސިޓީގެ ދަރިވަރުންގެ ނޫހާއި ހަވާލާދީ ބުނެފައިވެއެވެ.

އެމެރިކާގެ ލެކްޗަރަރ ގެ މި މައްސަލަ ފެންމަތިވެ، މުސްލިމް ދަރިވަރުންނާއި ގިނަ އަދަދެއްގެ މުސްލިމުން ވެސް ނުރުހުން ފާޅުކުރުމާއި ގުޅިގެން ހެމްލައިން ޔުނިވާސިޓީން ވަނީ އެ ޓީޗަރު ވަޒީފާއިން ވަކިކޮށްފައެވެ.

އަދި އެ ލެކްޗަރަރ ވަޒީފާއިން ވަކިކުރިކަން އަންގަމުން މިދިޔަ މަހުގެ ފަހު ކޮޅުގައި އެ ޔުނިވަސިޓީން ބުނީ، އޭނާގެ އެ އަމަލަކީ ވަރަށް ބޭއަދަބީ، މުސްލިމުންނާއިމެދު ނަފްރަތު އުފައްދާ ޢަމަލެއް ކަމަށެވެ. އަދި އެކަމަށްޓަކައި އެ ޔުނިވަސިޓީން ވަނީ މައާފަށްވެސް އެދިފައެވެ.

ރަސޫލާ ޞޢވ އާއި، އެނޫންވެސް އެއްވެސް ރަސޫލު ބޭކަލެއްގެ ސިފަ ކޮށް ކުރެހުންތައް ކުރެހުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ޖުމްހޫރު ޢިލްމުވެރިން ވަނީ އިއްތިފާގުވެވަޑައިގެންފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރު ޤައުމުތަކުގެ ކަސްޓަމަރުންގެ އަތުން އެމެރިކާ ޑޮލަރުން ފައިސާ ބަލައިގަނެވޭނެ މަގު ފަހިކޮށްދީ، އެ ޚިދުމަތަށް އެދުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިއްޔެ ހުޅުވާލައިފިއެވެ.

ދިވެހި ރައްޔިތުންގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީގެ އާ އޮފީސް އިމާރާތް ހުޅުވައިފި
02 Nov 2026 ހަބަރު

ދިވެހި ރައްޔިތުންގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީގެ އާ އޮފީސް އިމާރާތް ހުޅުވައިފި

އެމްޓީޑީސީ ޓަވަރުގައި 10 ފަންގިފިލާ ހިމެނޭއިރު، އެ ޓަވަރު ތަރައްޤީކުރަނީ ވިޔަފާރީގެ އުސޫލުން ފަންގިފިލާތައް ކުއްޔަށްދޭ ގޮތަށެވެ. މި އިމާރާތުގައި ޕާކިންގެ އިތުރުން ކެފޭ އަކާއި، ކޮންވެންޝަން ހޯލެއް ހިމެނެއެވެ. މީގެ އިތުރުން މި އިމާރާތުގެ އެހެނިހެން ފަންގިފިލާތައް ހާއްސަކޮށްފައިވަނީ، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭނެ އޮފީސް ޖާގަތައް ހިމެނޭގޮތަށެވެ.

ޑައިވިންއަށް ދިޔަ ބައެއްގެ މެދުގައި ހަމަނުޖެހުން ހިނގުން: ފުލުހުންގެ ސަމާލު ކަމަށް
01 Nov 2026 ހަބަރު

ޑައިވިންއަށް ދިޔަ ބައެއްގެ މެދުގައި ހަމަނުޖެހުން ހިނގުން: ފުލުހުންގެ ސަމާލު ކަމަށް

ޑައިވިންއަށް ދިޔަ ބައެއްގެ މެދުގައި ހަމަނުޖެހުން ހިނގާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ.

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ
02 Nov 2026 ދުނިޔެ

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ

އެމެރިކާގެ ދެކުނު ފްލޮރިޑާގެ މީހުން ދިރިއުޅޭ އަވަށަކަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން ހިމެނޭހެން ނުވަ މީހަކު މަރުވެއްޖެއެވެ.

އެމެރިކާއާ މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނިއްޖެ: ރިޕޯޓް
22 Oct 2026 ދުނިޔެ

އެމެރިކާއާ މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނިއްޖެ: ރިޕޯޓް

އެމެރިކާއާއި މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން، ދުނިޔެއިން އާންމުކޮށް ނުފެންނަ ޒާތުގެ "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނި، އެކަމާ ގުޅޭގޮތުން ގިނަ ބައެއްގެ މެދުގައި ބޮޑު ސުވާލުތަކަކާއި ބަހުސްތަކެއް އުފެދިއްޖެއެވެ.