N/A
N/A
ހަބަރު 10 Feb 2020 | 02:02

ގުރުއާން އިޚުތިޔާރީ މާއްދާއަކަށްހެދުން އަދިވެސް ކުރިޔަށް، އެޑިއުކޭޝަނުން ގުރުއާން ޓީޗަރުންނާ ބައްދަލުކޮށްފި

ރާއްޖޭގެ ގައުމީ އިމްތިހާނުގައި ގުރޭޑު 10 ނިންމައި ބައިވަރިވާ ދަރިވަރުންނަށް ކީރިތި ގުރުއާނުން ޓެސްޓު ނުދޭން ކުރަމުންދާ މަސައްކަތް އަދިވެސް ކުރިއަށްދާކަމަށް ގުރުއާން ޓީޗަރުން ބުނެފިއެވެ.

މަޖުބޫރުކޮށް އޮންނަގޮތަށް މީގެ ކުރިން ކަނޑައެޅިފައި އޮތްނަމަވެސް މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ފަހުކޮޅުގައި އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު ޢަލީ ސޮއެކުރައްވައި ސްކޫލު މަދަރުސާތަކަށް ފޮނުއްވާފައިވާ ސާރކިއުލާގައި ހިމަނާފައިވާ ޓެސްޓު ހެދުން މަޖުބޫރު މާއްދާތަކުގެ ތެރޭގައި ގުރުއާން އެއް ނެތެވެ.

އެޑިއުކޭޝަން މިނިސްޓަރީގެ މިނިންމުމާ ދެކޮޅު ހަދައި، ގައުމީ އިމްތިހާނުގައި ގުރުއާން މާއްދާގެ ޓެސްޓުވެސް މަޖުބޫރުކޮށް ބޭއްވުމަށް އެދި ގިނަ އަދަދެއްގެ ބެލެނިވެރިން ޕެޓިޝަނެއް އެކުލަވާލަން ފެށިއެވެ. އެއާއެކު އެކަމާ ބެހޭގޮތުން އެޑިއުކޭޝަންނުން ވަނީ ބަޔާނެއް ނެރުމަށް ފަހު މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި ގުރުއާން ޓީޗަރުންނާ އެކު ބައްދަލުވުމެއް ބާއްވައި އެބައްދަލުވުމުގައި ގުރުއާން ޓެސްޓު މަޖުބޫރު ނުކުރުމާ މެދު ގޮތެއް ނިންމަން މަޝްވަރާކޮށްފައެވެ.

ބައްދަލުވުމުގައި ބައިވެރިވި ގުރުއާން ޓީޗަރުން ''ވޮއިސް'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެބައްދަލުވުމުގައި ގުރުއާން ޓެސްޓު އިހުތިޔާރީ ކުރުމަށް މިނިސްޓްރީން ޓީޗަރުންނަށް ވިސްނައިދިން ކަމަށެވެ.

އަދި މީގެ އިތުރުން ޓީޗަރުން ވިދާޅުވީ، މިއަހަރު އެކަނި ޓެސްޓު ނުހަދާގޮތަށް ދެކެވިފައިވާ ވާހަކަތަކާ ޚިލާފަށް، ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު ވިދާޅުވެފައިވަނީ މިއަހަރާއި އަންނަ އަހަރު ވެސް ގުރުއާނުން ޓެސްޓު ނުދޭގޮތަށެވެ.

އަދި މިނިސްޓްރީއިން ކަނޑައަޅާފައިވާ ތިން އިހުތިޔާރެއްގެ ތެރެއިން އެއް ގޮތް އިހުތިޔާރު ކުރުމަށް ބައްދަލުވުމުގައި ޓީޗަރުންނަށް ވަނީ އަންގާފައެވެ. ނަމަވެސް ޓީޗަރުން ބޭނުންވާ އިހުތިޔާރު އޭގެތެރޭގައި ހިމަނާފައި ނެތްކަމަށް ބުނެ ޓީޗަރުން ސީދާ ބޭނުންވާ ގޮތް ހުށަހަޅަން ފުރުސަތު ދިނުމަށް ބައެއް ޓީޗަރުން އެދުމުން އެކަމަށް ސްޓޭޓް މިނިސްޓަރުވަނީ ދެކޮޅު ހައްދަވައިފައެވެ.

އަދި ޓީޗަރުންނަށް މިކަމުގައި ގޮތް ނުނިންމޭނެ ކަމަށާއި އެބައްދަލުވުމަކީ ޓީޗަރުން ބޭނުންވާ ގޮތް ކަނޑައަޅަން ބޭއްވި ބައްދަލުވުމެއް ނޫންކަމަށާއި އެއީ ހަމައެކަނި ޓީޗަރުންގެ ލަފާ ހޯދާލުމަށް ބާއްވާ ބައްދަލުވުމެއްކަމަށް ބައްދަލުވުމުގައި ބައިވެރިވި އިސްވެރިން ވިދާޅުވި ކަމަށް އެއް ޓީޗަރަކު "ވޮއިސް" އަށް ކިޔައިދެއްވިއެވެ.

މާލޭގެ ސްކޫލުތަކުގެ 38 ޓީޗަރުން ހިމަނައިގެން ބޭއްވި މިބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ރަޝީދާއި ޑެޕިއުޓީ މިނިސްޓަރު އިހްސާން، އަދި ޝަކީބްއެވެ.

މިބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީއިން ގުރުއާން ޓީޗަރުންނަށް ހުށަހަޅުއްވާފައިވާ އިހުތިޔާރުތަކަކީ؛

(ހ) ގައުމީ އެސް.އެސް.ސީ އިމްތިހާނުގައި ގުރޭޑު ދިހައެއް ނިންމާ ދަރިވަރުންނަށް ގުރުއާން ޓެސްޓު އިހުތިޔާރީ ކަމެއްގެ ގޮތުގައި ހަމަޖެއްސުން،

(ށ) ގުރުއާން ޓެސްޓު މަޖުބޫރުކޮށް ބޭއްވުމާއެކު އެސައިންމެންޓެއް ދިންނުން،

(ނ) ގައުމީ ފެންވަރުގެ ސެޓްފިކެޓެއް ދޭ އިމްތިހާނު ނުދީ، މަދަރުސީ ފެންވަރުގެ ޝަހާދާއެއް ދޭގޮތަށް ސްކޫލުން ކޮންޓިނިޔުއިން އެސެސްމެންޓެއް ދިނުން.

ބައްދަލުވުމަށް ވަޑައިގެންނެވި ޓީޗަރުން ވިދާޅުވީ އެބޭފުޅުން ބޭނުންފުޅުވީ އެހެން މާއްދާތަކުގައި ވެސް އޮންނަހެން އެސައިންމެންޓަކާ ނުލާ ގުރުއާން ޓެސްޓު ހެދޭނެގޮތް ހަމަޖައްސަވައި ދެއްވުމަށެވެ. ނަމަވެސް ސްޓޭޓް މިނިސްޓަރު އެކަމަށް ހުރަސްއެޅުއްވުމުން އެސެސްމަންޓާ އެކީގައި ޓެސްޓު ބާއްވަން ފެންނަކަމަށް 15 ވަރަކަށް ބޭފުޅުން ވޯޓު ދެއްވިކަމަށެވެ. އަދި ގައުމީ ފެންވަރުގެ ގުރުއާން ޓެސްޓު ނުބޭވުމަށް ވޯޓު ދެއްވީ ހަމައެކަނި 5 ބޭފުޅުން ކަމަށެވެ. ދެން ބާކީ ތިއްބެވި 18 ޓީޗަރުން އޭގެ ތެރެއިން އެއްވެސް އިހުތިޔާރަކަށް ވޯޓު ދެއްވަން ބޭނުންފުޅު ނުވިކަމަށް މައުލޫމާތު ދެއްވި ޓީޗަރުން ވިދާޅުވިއެވެ.

މީގެ އިތުރުން ގުރުއާން އިމްތިހާނު އިހުތިޔާރީ ކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވައިދެއްވުމަށް އެދި 15 ގުރުއާން ޓީޗަރެއް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް މިދިޔަ ހަފުތާގެ މެދުތެރޭގައި ސިޓީއެއްވެސް ލާފައެވެ.

"ވޮއިސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިބައްދަލުވުމުގެ ހުލާސާ އަންނަ ހަފުތާގައި ސޯޝަލް ކައުންސިލަށް ހުށަހަޅަން ވަނީ އެޑިއުކޭޝަން މިނިސްޓްރީއިން ނިންމާފައެވެ. އަދި އޭގެ ތެރެއިން އެއްގޮތް ކައުންސިލުން ކަނޑައަޅައި ދިނުމަށް މިނިސްޓްރީން އެދޭނެ ކަމަށްވެއެވެ.

ސޯޝަލް ކައުންސިލަކީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނީ ގޮތުން ލިބިދޭ ބާރުންގެ ދަށުން އުފައްދަވާފައިވާ ކައުންސިލެކެވެ. އެކައުންސިލުގައި އެންމެ އިސްކޮށް އުޅުއްވާ އެއްބޭފުޅަކީ ރައީސް ނަޝީދުގެ ސަރުކާރުގައި ހުންނެވި އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތޮފާ ލުތުފީ އެވެ. ލުތުފީއަކީ ދީނީ ތައުލީމާ މެދުގައި އެބޭފުޅާ ގެންގުޅުއްވެވި ސިޔާސަތުގެ ސަބަބުން ވަރަށް ގިނަ އާންމު ރައްޔިތުންގެ ފާޑުކިޔުން އަމާޒުވެފައިވާ ފަރާތެކެވެ.

ގުރުއާން އިމްތިހާނު އިހުތިޔާރީ ކުރުމާ ދެކޮޅަށް ރާއްޖޭގެ މަޝްހޫރު އިލްމުވެރިން ވަނީ ކަންބޮޑުވުންފާޅުކުރައްވާފައެވެ. އަދި ހަމައެފަދައިން ސޯޝަލް ކައުންސިލުގައި ޑރ. މުސްތަފާ ލުތުފީ އިންނެވުމަކީ ދީނީ ތައުލީމަށް ބޮޑެތި ނުރައްކާ ކުރިމަތިވާނެ ކަމެއް ކަމުގައިވެސް އިލްމުވެރިން މިހާތަނަށް އަންނަނީ ވިދާޅުވަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު
14 Oct 2026 ހަބަރު

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި
14 Oct 2026 ހަބަރު

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ހުދުސަމާލު ނެރެފިއެވެ.

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
14 Oct 2026 ހަބަރު

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
14 Oct 2026 ހަބަރު

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް
14 Oct 2026 ހަބަރު

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް

ފުލުހުން ހާމަކުރި ގޮތުގައި ސައިފަކީ ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމުގެ ބޮޑު ރެކޯޑެއް އޮންނަ މީހެކެވެ. އެގޮތުން، ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑުގެ އިތުރުން، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ މައްސަލަތަކެއް އޭނާގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ފާހަގަކުރެވިފައެވެ.

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ
14 Oct 2026 ހަބަރު

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ

ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ބާވެ ހަލާކުވެގެން އެ ނޫޓު މަދުވެފައިވާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( އިން އާ ސްޓޮކެއް ގެނެސް މާދަމާ ދައުރުކުރަން ނިންމައިފިއެވެ.

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު
14 Oct 2026 ހަބަރު

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު

ދައުލަތުގެ އިދާރާއަކުން މައުލޫމާތު ނުދީ ހިފެހެއްޓުމުން، ގާނޫނުން ލިބިދޭ ބާރުގެ ބޭނުންކުރައްވައިގެން އެ އިދާރާއަކަށް ވަޑައިގެން ފައިލުތައް ހާއްވަވައިގެން ވެސް މައުލޫމާތު ނަންގަވާފައިވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެއެވެ.