ޖޭޕީގެ ޕްރައިމަރީ، ދެ ރަށަކާއި މާލޭގެ އެއް ދާއިރާގައި ބާއްވަނީ
ޖުމްހޫރީ ޕާޓީގެ ޕްރައިމަރީ، ދެ ރަށަކާއި މާލޭގެ އެއް ދާއިރާގައި ބާއްވަން އެޕާޓީން ނިންމައިފިއެވެ.
ޖުމްހޫރީ ޕާޓީން ބުނީ، އެޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ޕްރައިމަރީ ބާއްވަން ހަމަޖެހިފައިވަނީ އދ. މާމިގިއްޔާއި ފެންފުށީގެ އިތުރުން މާފަންނު ހުޅަނގު އުތުރު ދާއިރާގައި ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ޖޭޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައެވެ.
އޭޕްރީލް މަހުގެ ހަތަރު ވަނަދުވަހު ބާއްވާ ކައުންސިލު އިންތިހާބުގައި 980 ކައުންސިލަރުުން އިންތިހާބު ކުރާއިރު، އަންހެނުންގެ ކޮމިޓީތަކަށް 929 މީހުން އިންތިހާބު ކުރާނެއެވެ.
ކައުންސިލު އިންތިހާބުގެ ކެމްޕެއިން ހުރިހާ ޕާޓީތަކުންވެސް ކުރަމުންދާއިރު މިފަހަރުގެ އިންތިހާބަކީ ވެސް ވަރަށް ވާދަވެރި އިންތިހާބެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް