ސިވިލް ސާރވިސް ކޮމިޝަންގެ ރައީސާއި ބައެއް މެންބަރުން ވަކިކުރަނީ
ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް އަދި އެކޮމިޝަންގެ ބައެއް މެންބަރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސަތަކާއި ބެހޭ ކޮމެޓީން ނިންމައިފިއެވެ.
އެ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ރައީސް ޑރ.އަލީ ޝަމީމާއި އިތުުރު ތިން މެންބަރަކު މެންބަރުން ވަކިކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުުވުމަށް ނިންމާފައެވެ. ވަކިކުރުމަށް ނިންމާފައިވާ މެންބަރުންގެ ތެރެއިން ނައިބު ރައީސް ޝަހީދު މުހައްމަދު، އިބްރާހިމް ޝަހީގާއި ޒަކަރިއްޔާ ހުސައިން ހިމެނެއެވެ.
ނަމަވެސް އެ ސީއެސްސީއަށް 2018ވަނަ އަހަރުގެ ނޮވެމްބަރ މަހުގައި އައްޔަންކުރި ފާތިމަތު އަމީރާ ވަކިކުރުމަށް ކޮމެޓީން ނިންމާފައެއް ނުވެއެވެ.
ސިވިލް ސާރވިސް ކޮމިޝަންގެ މެންބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ނިންމާފައިވަނީ އެ މެންބަރުންނާއި ގުޅުންހުރި މައްސަލަތަކެއް ބެލުމަށް ފަހުގައެވެ. މިއަދުގެ ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުކުރެވުނު ވަޒީރުން ވަނީ ސިވިލް ސާރވިސް ކޮމިޝަންގެ ނާގާބިލުކަމާއި މެދު ގިނަ ވާހަކަތަކެއް ދައްކާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް