N/A
N/A
ހަބަރު 10 Feb 2020 | 11:44

ގާާސިމްގެ ގާާތިލް އަދުހަމްގެ މައްސަލަ ކޯޓަށް ފޮނުވައިފި

ހުޅުމާލޭގައި ވަރަށް އަނިޔާވެރިކޮށް މަރާލެވުނު ޓެކްސީ ޑްރައިވަރެއްކަމުގައިވާ ގާސިމް ހަސަން މަރާލިކަމަށް އިއުތިރާފުވި އަދުހަމް މުހައްމަދުގެ މައްޗަށް ދައުވާ އުފުލުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އަދުހަމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ  ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ. މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ އިއްޔެއެވެ.

ފުލުހުން ބުނީ، ގާސިމް މަރާލި ކަމަށް އިއުތިރާފުވެފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އުމުރުން 21 އަހަރުގެ އަދުހަމް މުހައްމަދު ޓެކްސީއަށް އެރީ އެއާޕޯޓުން ޓެކްސީ ކިޔޫއިން ކަމަށެވެ. ޓެކްސީއަށް އެރުމުގެ ކުރިން އޭނާ ބަލާފައިވަނީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ފުލުހުން ބުންޏެވެ.

ޓެކްސީއަށް އރުމަށްފަހު ހުޅުމާލެ ހާފްވެއާ ހައުސްއަށް ގެންގޮސް ދިނުމަށް އެދުމުން، އެތަނަށް ގެންގޮސް ދިނުމުން އެވަގުތު އޭނާއަތުގައި އެތަނުގެ ކާޑު ނެތް ކަމަށާއި ކާޑު ބަލައި އެހެން ތަނަކަށް ދިއުމަށް އަދުހަމް އެދުނު ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ދުއްވުމަށްފަހު، 20:54 ހާއިރު، އަނބުރާ ހާފުވެއާ ހައުސް އަށް ގެންގޮސް ދިނުމަށް އަދުހަމް އެދުނު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހާފުވެއާ ހައުސް އަށް ދިއުމަށް ނިންމީ އެސަރަހައްދަކީ އަނދިރި ހިސާބަކަށް ވުމުން ކަމަށް ބެލެވޭ ކަމަށެވެ.

އެގޮތުން ހާފުވެއާ ހައުސް އަށް ދެވަނަ ފަހަރަށް ގޮސް ގޯޅި އަޅާން އުމުނު ވަގުތު އަދުހަމްގެ ޖީބުގައި އޮތް ވަޅި، ކަނާތުން ނެގުމަށްފަހު، ވައަތުން ގާސިމުގެ ކަރާއި ދިމާކޮށް، ބިރުދެއްކި ކަމަށާއި އެވަގުތު ގާސިމް ޓެކްސީގެ ދޮރުހުޅުވައި، ހަޅޭއްލަވަމުން ދާތީ އެ އަޑު ކަނޑުވައިލުމަށް ގާސިމުގެ ކަރަށް ހަރާލީ ކަމަށް އަދުހަމް އިއުތިރާފުވެފައިވާކަމަށެވެ. ވަޅީ ހަރާފައިވަނީ އެއް ފަހަރު ކަމަށް ފުލުހުން ބުންޏެވެ.

އެވަގުތު ގާސިމު ސަލާމަތްވުމަށް ކުރި މަސައްކަތުގައި ދެއަތުން ވަޅީގައި ހިފުމުގެ ސަބަބުން ދެ އަތް ޒަހަމްވެފައި ހުރި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އަދުހަމް އެވަގުތު އެސަރަހައްދުގެ ވަލުތެރެއަށް ވަދެ، ލައިގެން ހުރި ގަމީސް ބަދަލު ކުރުމަށްފަހު މާލެ ދިޔަކަމަށާއި ގަމީހަކީ މީހަކު ދިން ގަމީހެއް ކަމަށެވެ. އަދި ވަޅި ހޯދީ މަސްކަނޑަން ކަމަށްބުނެ ގެޔަކުން ކަމަށާއި އެކަމުގައި އެއްވެސް މީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ތަހުގީގަށް އެނގިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ގާސިމްގެ ގާތިލް އަދުހަމް މުހައްމަދުގެ މަގްސަދަކީ ފޭރުން ކަމަށް އޭނާ ބުނާ ކަމަށާ ވަޅިން ހަމަލާދިނީ ފޭރެން ކުރި މަސައްކަތް ނާކާމިޔާބުވުމުން ކަމަށެވެ. އަދި ވަޅިއެއް ހިފައިގެން ނިކުމެ ފޭރެން މަސައްކަތް ކުރީ މަސްތުވުމަށާއި އެހެނިހެން ބޭނުން ތަކަށް ފައިސާ ހޯދުމަށް ކަމަށް އަދްހަމް ބުނެފައިވާ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު
14 Oct 2026 ހަބަރު

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި
14 Oct 2026 ހަބަރު

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ހުދުސަމާލު ނެރެފިއެވެ.

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
14 Oct 2026 ހަބަރު

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
14 Oct 2026 ހަބަރު

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް
14 Oct 2026 ހަބަރު

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް

ފުލުހުން ހާމަކުރި ގޮތުގައި ސައިފަކީ ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމުގެ ބޮޑު ރެކޯޑެއް އޮންނަ މީހެކެވެ. އެގޮތުން، ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑުގެ އިތުރުން، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ މައްސަލަތަކެއް އޭނާގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ފާހަގަކުރެވިފައެވެ.

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ
14 Oct 2026 ހަބަރު

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ

ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ބާވެ ހަލާކުވެގެން އެ ނޫޓު މަދުވެފައިވާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( އިން އާ ސްޓޮކެއް ގެނެސް މާދަމާ ދައުރުކުރަން ނިންމައިފިއެވެ.

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު
14 Oct 2026 ހަބަރު

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު

ދައުލަތުގެ އިދާރާއަކުން މައުލޫމާތު ނުދީ ހިފެހެއްޓުމުން، ގާނޫނުން ލިބިދޭ ބާރުގެ ބޭނުންކުރައްވައިގެން އެ އިދާރާއަކަށް ވަޑައިގެން ފައިލުތައް ހާއްވަވައިގެން ވެސް މައުލޫމާތު ނަންގަވާފައިވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެއެވެ.