ރައީސް ޞާލިހު އެމްޑީޕީގެ ކެންޑިޑޭޓު ޝާޒުއާއެކު/ ފޮޓޯ: ވޮއިސް
ރައީސް ޞާލިހު އެމްޑީޕީގެ ކެންޑިޑޭޓު ޝާޒުއާއެކު/ ފޮޓޯ: ވޮއިސް
ހަބަރު 10 Apr 2023 | 21:50

ސަރުކާރާއި ގުޅިގެން މަސައްކަތް ކުރާނެ ކެންޑިޑޭޓު، ޝާޒަށް ވޯޓު ދެއްވާ: ރައީސް

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެމްޑީޕީން ކުރިމަތިލައްވާފައިވާ އިބްރާހިމް ޝާޒަކީ ސަރުކާރާއި ގުޅިގެން މަސައްކަތް ކުރާނެ ކެންޑިޑޭޓަށްވުމުން، ދާއިރާގެ ތަރައްގީއަށްޓަކައި ޝާޒުއަށް ވޯޓުދެއްވުމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އެދިވަޑައިގެންފި އެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕޭނަށް ރައީސް ޞާލިހު މިއަދު ވަނީ ގުޅިއަށް ވަޑައިގެންފަ އެވެ.

ގުޅިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި މުޚާތަބުކުރައްވާ ރައީސް ޞާލިހު ވިދާޅުވީ ޤާނޫނު ހެދުމުގެ އިތުރުން ރައްޔިތުންގެ މަޖިލީސް މެމްބަރުންގެ ގިނަ މަސްއޫލިއްޔަތުތަކެއް އޮންނަ ކަމަށެވެ.

އެ މެމްބަރުންނަކީ ދާއިރާގައި ރައްޔިތުންނަށް ބޭނުންޖެހިފައިވާ ވަރަށް ގިނަ ކަންތައްތަކެއް ފުއްދާދިނުމަށް މަސައްކަތްކުރަން ޖެހޭ ބައެއްކަން ރައީސް ޞާލިހުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

އެއާއެކު އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީސް މެމްބަރުންނަކީ ދާއިރާއަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި އެންމެ އިސް ސަފުގައި މަސައްކަތްކުރާ ބޭފުޅާ ކަމަށާއި، އަދި އޭރަކު އޮންނަ ސަރުކާރަކާ އެއްކޮށް މަސައްކަތްކުރުމުގެ ވިސްނުން މެމްބަރު ގެންގުޅުއްވާނަމަ އެ ދާއިރާއަކަށް ތަރައްގީ ގެނައުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އެ ވާހަކައާއި ގުޅުވާ ރައީސް ޞާލިހު ވިދާޅުވީ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާފައިވަނީ ސަރުކާރާއި ގުޅޭ ކެންޑިޑޭޓެއް ކަމަށެވެ.

ގުރައިދޫ ދާއިރާގެ ރައްޔިތުންނަށް ބޭނުންޖެހިފައިވާ ގިނަ ކަންތައްތަކެއް ހުރިއިރު ދާއިރާގެ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ވާނީވެސް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރާނެ މެމްބަރެއް ހޮވުންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ސާޒަށް ވޯޓުދެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.

އެމްޑީޕީގެ ކެމްޕޭނަށް ރައީސް ޞާލިހު ގުޅިއަށް ވަޑައިގަތުމާއި ގުޅިގެން އެ ރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކ. ގުޅީ ސްކޫލްގެ މަލްޓި ޕާޕަސް ހޯލްއާއި 6 ކްލާސްރޫމްގެ މަސައްކަތުގެ 37 އިންސައްތަ ނިމިއްޖެ
09 Nov 2026 ހަބަރު

ކ. ގުޅީ ސްކޫލްގެ މަލްޓި ޕާޕަސް ހޯލްއާއި 6 ކްލާސްރޫމްގެ މަސައްކަތުގެ 37 އިންސައްތަ ނިމިއްޖެ

އެގޮތުން، މިހާރު އެ އިމާރާތުގައި ކުރިއަށްދަނީ އެ އިމާރާތުގެ ފުރާޅު ވަރުގަދަ ކުރުމުގެ މަސައްކަތެވެ.

ޑުއެލް ޕާސްޕޯޓް އޮންނަ އިސްރާއީލް މީހުންނަށް ވެސް ރަސްމާލޭން ބިން ނުގަނެވޭނެ: ރައީސް މުޢިއްޒު
09 Nov 2026 ހަބަރު

ޑުއެލް ޕާސްޕޯޓް އޮންނަ އިސްރާއީލް މީހުންނަށް ވެސް ރަސްމާލޭން ބިން ނުގަނެވޭނެ: ރައީސް މުޢިއްޒު

އެހެން ޤައުމުތަކުގެ ޑުއެލް ޕާސްޕޯޓް އޮންނަ އިސްރާއީލުގެ ރައްޔިތުންނަށް ވެސް ރަސްމާލެ މަޝްރޫޢުގެ ދަށުން ބިން ނުވަތަ ޕްރޮޕަޓީ ނުގަނެވޭނެ ކަމަށާއި، އެކަމުގައި އެއްވެސް "ލޫޕްހޯލެއް" ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޝަރުޢީ ނިޒާމް މިނިވަން ނޫންކަމަށް ބުނެ ކުރީގެ ސަރުކާރުތަކުން ދެއްކީ ބަހަނާއެއް؛ އަޅުގަނޑު މަރުގެ ޙުކުމް ތަންފީޛު ކުރާނަން: ރައީސް ޑރ. މުޢިއްޒު
09 Nov 2026 ހަބަރު

ޝަރުޢީ ނިޒާމް މިނިވަން ނޫންކަމަށް ބުނެ ކުރީގެ ސަރުކާރުތަކުން ދެއްކީ ބަހަނާއެއް؛ އަޅުގަނޑު މަރުގެ ޙުކުމް ތަންފީޛު ކުރާނަން: ރައީސް ޑރ. މުޢިއްޒު

ޝަރުޢީ ނިޒާމު މިނިވަން ނޫން ކަމަށް ބުނެ، ވޭތުވެދިޔަ ސަރުކާރުތަކުން މަރުގެ އަދަބު ތަންފީޛު ނުކޮށް ދެއްކީ ބަހަނާތަކެއް ކަމަށާއި، މި ސަރުކާރުން މަރުގެ ޙުކުމް ތަންފީޛު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނުނަގާނަން: ރައީސް މުޢިއްޒު
09 Nov 2026 ހަބަރު

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނުނަގާނަން: ރައީސް މުޢިއްޒު

ރަސްމާލެ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުވަތަ ރެފަރެންޑަމެއް ނުނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މަރުގެ އަދަބު ތަންފީޒުކުރާ ބިލު މަޖިލީހަށް؛ ތަންފީޒުކުރަންޖެހޭނީ ދަންޖައްސައިގެން
09 Nov 2026 ހަބަރު

މަރުގެ އަދަބު ތަންފީޒުކުރާ ބިލު މަޖިލީހަށް؛ ތަންފީޒުކުރަންޖެހޭނީ ދަންޖައްސައިގެން

ދިވެހިރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމާއި އެ އަދަބު ދަންޖައްސައިގެން ތަންފީޒުކުރުމާ ގުޅޭ ޚާއްޞަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
09 Nov 2026 ހަބަރު

ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ފުލުހުން ބުނީ، މާލޭގެ ހުސައިނީގޯޅީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު މިއަދު ހެނދުނު 09:17 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ.

ރިއަސް އެސްޓޭޓް ބިލް؛ ރަސްމާލެއިން އިސްރާއީލް މީހުންނަށް ޕްރޮޕަޓީ ނުވިއްކޭނެ
09 Nov 2026 ހަބަރު

ރިއަސް އެސްޓޭޓް ބިލް؛ ރަސްމާލެއިން އިސްރާއީލް މީހުންނަށް ޕްރޮޕަޓީ ނުވިއްކޭނެ

ރާއްޖޭގައި ތަރައްޤީކުރާ އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުތަކުން، އިސްރާއީލްގެ ރައްޔިތުންނަށާއި އެ ޖަމާއަތުގެ މަޞްލަޙަތު އޮންނަ ކުންފުނިތަކަށް ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓްސް ވިއްކުމާއި ބިން ސަބްލީސްކުރުން މަނާކުރާ މާއްދާތަކެއް ހިމަނައި، ސަރުކާރުގެ ފަރާތުން ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު މަޖިލީހަށް ހުށަހަޅައިފިއެވެ.

ރަސްމާލެ ފަދަ ރިއަލް އެސްޓޭޓް ޒޯންތަކުގައި ބަނގުރަލާއި އޫރުމަހާއި ޖުވާ މަނާކޮށް ބިލު ހުށަހަޅައިފި
09 Nov 2026 ހަބަރު

ރަސްމާލެ ފަދަ ރިއަލް އެސްޓޭޓް ޒޯންތަކުގައި ބަނގުރަލާއި އޫރުމަހާއި ޖުވާ މަނާކޮށް ބިލު ހުށަހަޅައިފި

ދިވެހިރާއްޖޭގައި ތަރައްޤީކުރާ އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯންތަކުގައި ބަނގުރަލާއި، އޫރުމަހާއި، ޖުވާ ކުޅުން ފަދަ އިސްލާމީ ޝަރީޢަތާ ޚިލާފު އެންމެހައި ކަންކަން މަނާކުރުމަށް ބަޔާންކޮށް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.