ދަރިވަރުންގެ ފިތުރު ޢީދު ބަންދުން އެއްދުވަސް މަދު ކޮށްފި
މިއަހަރުގެ ފިތުރު ޢީދާއި ގުޅިގެން ސްކޫލް ދަރިވަރުންނަށް ލިބޭ ޗުއްޓީއިން އެއްދުވަސް މަދު ކުރަން އެޑިއުކޭޝަން މިނިސްޓްރީއިން ނިންމައިފިއެވެ.
އެގޮތުން މިނިސްޓްރީއިން މިއަދު އާންމުކުރި އިސްލާހުކޮށްފައިވާ އެކެޑެމިކް ކަލެންޑަރުގައި ފިތުރު އީދު ބަންދުގެ ގޮތުގައި ކަނޑައަޅާފައިވަނީ އެޕްރީލް މަހުގެ 21، 22، އަދި 23، މި ތިން ދުވަހެވެ.
ނަމަވެސް ކުރީގެ ކަލެންޑަރުގައި އެޕްރީލް 24 ވެސް ވަނީ އީދު ބަންދުގެ ދުވަހެއްގެ ގޮތުގައި ކަނޑައަޅައި 25 ގައި ސްކޫލްތައް ހުޅުވޭ ގޮތަށް ހަމަ ޖައްސާފައެވެ.
މިކަން މިހެން ނިންމި ސަބަބެއް އެޑިއުކޭޝަނުން ހާމަ ކޮށްފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް