އެމްއޭސީއެލް ގެ މުވައްޒަފުން
އެމްއޭސީއެލް ގެ މުވައްޒަފުން
ވިޔަފާރި 10 Aug 2023 | 13:43

އެމްއޭސީއެލްްގެ މުވައްޒަފުންނަށް އަހަރީ ބޯނަސްގެ ގޮތުގައި 25،000ރ !

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް އަހަަރީ ބޯނަސްގެ ގޮތުގައި މި އަހަރުވެސް 25،000 ރުފިޔާ ދިނުމަށް ނިންމައިފިއެވެ.

މިކަމާއި ގުޅިގެން އެމްއޭސީއެލްއިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ މިދިޔަ އަހަރުގެ އަހަރީ ބޯނަހުގެ ގޮތުގައި ކުންފުނީގެ މުވައްޒަފުންނަށް 25,000 ރުފިޔާ ދިނުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އަދި މި ބޯނަސް ފައިސާ މި މަހުގެ 12ގެ ކުރިން މުވައްޒަފުންގެ އެކައުންޓަށް ޖަމާވާނެ ކަމަށެވެ.

އެ ސާކިއުލާގައި އިތުރަށް ބުނީ، މިިދިޔަ އަހަރު އެއްކޮށް މަސައްކަތް ކޮށްފައިވާ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި 25,000 ދޭއިރު، އެ އަހަރު ހަ މަސް ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މުވައްޒަފުންނާއި، ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންނަށް ބޯނަސް ދޭނީ ވަޒީފާގައި އުޅުނު ދުވަސްތަކަށް ވާވަރަށް ކަމަށެވެ.

އެހެންނަމަވެސް ޑިސިޕްލިނަރީ ޕޮލިސީގެ ދަށުން މިދިޔަ އަހަރު ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުންނަށް ބޯނަސް ނުލިބޭނެ ކަމަށް އެ ސާކިއުލާގައި ވެއެވެ.

މިދިޔަ އަހަރުވެސް އެމްއޭސީއެލްއިން ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި 25،000 ރުފިޔާ ދީފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

މިހާދު އާއި ސަޙަރު އެމްއޭސީއެލްގެ ބޯޑުން ވަކިކޮށްފި
01 Oct 2026 ހަބަރު

މިހާދު އާއި ސަޙަރު އެމްއޭސީއެލްގެ ބޯޑުން ވަކިކޮށްފި

‏މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް ޑިރެކްޓަރ، މުޙައްމަދު މިހާދު އަދި ބޯޑުގެ މެމްބަރ، ސަޙަރު ވަޙީދު, އެމްއޭސީއެލްގެ ބޯޑުން ވަކިކޮށްފިއެވެ. އެ ދެމީހުން މަގާމު...

އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލް އިން އެއާޕޯޓުގެ ފަންނީ މަސައްކަތްތައް ދައްކާލައިފި
30 Aug 2026 ހަބަރު

އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލް އިން އެއާޕޯޓުގެ ފަންނީ މަސައްކަތްތައް ދައްކާލައިފި

ޤައުމީ އިންޖިނިއަރުންގެ ދުވަހާ ގުޅުވައިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ބޭއްވި ކުޑަކުދިންގެ ހަވީރުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓ...

ދަރިވަރުންނަށް ޚާއްޞަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވީއައިއެޗްއެސްއާ ދެމެދު އެއްބަސްވުމެއް
24 Aug 2026 ހަބަރު

ދަރިވަރުންނަށް ޚާއްޞަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވީއައިއެޗްއެސްއާ ދެމެދު އެއްބަސްވުމެއް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް) އާ ދެމެދު ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ހޯދައިދިނުމުގެ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމ...

ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
23 Aug 2026 ވިޔަފާރި

ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި

ދުބާއީން ފުރައިގެން މިއަދު ހަވީރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް އައި ފްލައި ދުބާއީގެ ފްލައިޓެއް އިމަޖެންސީގައި ރަންވޭއަށް ޖައްސައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓަށް ދިމާވި މައްސަލައަކާ ...

ފަތުރުވެރިކަމާއި ވައިގެ ދަތުރުތައް ފުޅާކުރުމަށް އެމްއޭސީއެލްގެ ޓީމެއް ރަޝިއާގައި
18 Aug 2026 ހަބަރު

ފަތުރުވެރިކަމާއި ވައިގެ ދަތުރުތައް ފުޅާކުރުމަށް އެމްއޭސީއެލްގެ ޓީމެއް ރަޝިއާގައި

ރަޝިއާ ނުވަތަ ރޫސީވިލާތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކޮށް ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ހަރުދަނާކުރުމަށް ސަރުކާރާއި އަމިއްލަ ކުންފުނިތައް ހިމެނޭ ވަފުދެއް މޮސްކޯ އާއި ސެއިނ...