މިއީ ފާރިސްގެ ފެށުން، ކުރިއަށް އޮތީ ކާމިޔާބު: ރައީސް މައުމޫން
ރިޔާސީ އިންތިޚާބުގައި އަޙްމަދު ފާރިސް މައުމޫނަށް ލިބިވަޑައިގަތް ނަތީޖާ އަކީ ފެށުމެއް ކަމަށާއި، ކުރިއަށް އޮތީ ކާމިޔާބު ކަމަށް ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި ފާރިސް އަށް ކެމްޕޭނުގައި މަސައްކަތް ކޮށްދެއްވި ފަރާތްތަކަށް ޝުކުރު އަދާ ކުރައްވައިފައިވެއެވެ.
"މިއީ ހަމައެކަނި ފެށުމެއް، ކުރިއަށް އޮތީ الله ގެ އިރާދަފުޅާ އެކު ފުރިހަމަ ކާމިޔާބީ إن شاء الله!" ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.
ރިޔާސީ އިންތިޚާބުގައި މުޅި ރާއްޖެއިން ފާރިސް މައުމޫނަށް ލިބިވަޑައިގަތީ 3000 އެއްހާ ވޯޓެވެ. އިންތިޚާބުގެ ނަތީޖާ އާއި ގުޅިގެން ފާރިސް ވިދާޅުވެފައިވަނީ ވޯޓުން ކޮންމެ ނަތީޖާއެއް ނިކުތްނަމަވެސް ކުރިއަށް އޮތްތަނުގައިވެސް މި އިސްލާޙީ ބަދަލު ގެނައުމުގެ މަސައްކަތުގައި ދެމިހުންނާނެ ވާހަކަ ދަންނަވާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް