މީހުން ވޯޓްލާން ނުނިކުތް ސަބަބު ބަލާ އިސްލާޙް ކުރީމަ އެމްޑީޕީ މޮޅުވެދާނެ: ޝަރީފް
މީހުން ވޯޓްލާން ނުނިކުތް ސަބަބު ބަލާ އެކަން އިސްލާޙް ކުރުމުން އެމްޑީޕީ އަށް ކާމިޔާބު ލިބިދާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ.
ޝަރީފް ވިދާޅުވީ ކޮންމެވެސް ސަބަބަކާއި ހުރެ ގިނަ ޢަދަދެއްގެ މީހުން ވޯޓްލުމަށް ނުނިކުންނަ ކަމަށެވެ. އެކަންކަން ބަލައި އިސްލާޙް ކުރީމަ އެމްޑީޕީއަށް ދެވަނަ ބުރެއް ކާމިޔާބު ކުރެވޭނެ ކަމަށެވެ.
އެހެން އިންތިޚާބު ތަކާއި އަޅައި ބަލާއިރު މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓް ލާން ނުކުތް މީހުންގެ ޢަދަދު ވަރަށް ބޮޑަށްވެސް ދަށެވެ.
އެގޮތުން ޖުމުލަ ވޯޓުލާން ނުކުތް މީހުން އަދަދު ގާތްގަނޑަކަށް ވަނީ %75 އިންސައްތައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް