ފަލަސްޠީނުގެ މުސްލިމުންގެ ހައްޤުގައި އިސްލާމީ އުންމަތް އެކަތިގަނޑަކަށް ވާންޖެހޭ: ޑރ ޢަލީ ޒާހިރް
ފަލަސްޠީނުގެ މުސްލިމުންގެ ހައްޤުގައި އިސްލާމީ އުންމަތް މިއަދު އެކަތި ގަނޑަކަށްވާންޖެހޭ ކަމަށް ރާއްޖޭގެ މަޝްހޫރް ދީނީ ޢިލްމުވެރިޔާ ޑރ ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.
ޑރ ޢަލީ ޒާހިރު މިހެން ވިދާޅުވީ ޑރ ކުރެއްވެވި ޓްވީޓެއްގައެވެ.
"ފަލަސްޠީނުގެ މުސްލިމުންގެ ހައްޤުގައި އިސްލާމީ އުންމަތް މިއަދު އެކަތި ގަނޑަކަށްވާންޖެހޭ، ފަލަސްޠީނުގެ ބިމަށް ހަމަޖެހުން އަންނާނީ އަނިޔާވެރި ޔަހޫދީ ޒަޔަނިސްޓުން އެތަނުން ބޭރުކޮށްގެން" ޑރ ޢަލީ ޒާހިރު ވިދާޅުވެފައިވެއެވެ.
ޑރ ޢަލީ ޒާހިރުވަނީ ފަލަސްޠީނުގެ މުސްލިމުންނަށް ނަޞްރު ދެއްވުމަށް އެދި ދުޢާ ކުރައްވައިފައެވެ.
ފަލަސްޠީނުގެ މިނިވަންކަމަށް ޓަކައި ހަނގުރާމަ ކުރަމުންދާ ހަނގުރާމަވެރިން ހޮނިހިރު ދުވަހު އިޒްރާއިލްގެ ޔަހޫދީންނަށް ދިން ހަމަލާތަކުގެ ރައްދެއްގެ ގޮތުން އިޒްރާއިލުން ވަނީ ހަނގުރާމަ އިޢްލާނު ކޮށް އިޒްރާއިލުން ދަނީ ހުއްޓުމެއް ނެތި ޣައްޒާއަށް ބާރުގަދަ ހަމަލާތަކެއް ދެމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް