ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އޮމާންގެ އިސްވެރިއަކާއި އެކު/ ފޮޓޯ: ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އޮމާންގެ އިސްވެރިއަކާއި އެކު/ ފޮޓޯ: ފޮރިން މިނިސްޓްރީ
ހަބަރު 10 Oct 2023 | 16:35

އޮމާންއަށް ދާ ދިވެހީންނަށް އޮން-އެރައިވަލް ވިސާ ލިބޭނީ ޝަރުތަކަކާ އެކު: މިނިސްޓްރީ

އޮމާންއަށް ދާ ދިވެހީންނަށް އޮންއެރައިވަލް ވިސާ ލިބޭނީ ޝަރުތުތަކާއި އެކުގައި ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ އޮމާންއަށް އެތެރެވާން ދިޔަ ދިވެއްސަކަށް އޮންއެރައިވަލް ވިސާ ދީފައިނުވާ ކަމަށާއި، އަދި އެ ގައުމަށް އެތެރެނުވެވޭގޮތަށް ހިފަހައްޓާފައިވާކަން ހާމަކޮށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ޖަހާފައި ވަނިކޮށެވެ.

ރާއްޖެއިން އޮމާނަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ނެގުމަކާ ނުލައި އެޤައުމަށް އެތެރެވެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ.

މިއަހަރުގެ މާޗު މަހުގައި ފޮރިން މިނިސްޓްރީން ބުނެފައިވަނީ މުއްދަތު ހަމަނުވާ ޕާސްޕޯޓަކާއެކު ރާއްޖެއިން އޮމާނަށް ދަތުރުކުރާ މީހުންނަށް އެޤައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 14 ދުވަހުގެ މުއްދަތަށް އެޤައުމުގައި ތިބެވޭނެ ކަމަށާއި، އެ ގައުމަށް އޮންއެރަވަލް ވިސާގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށެވެ.

އެހެން ނަމަވެސް އޮންއެރައިވަލް ވިސާގައި އެ ގައުމަށް އެތެރެވާން ދިޔަ މީހަކު ހިފަހައްޓާފައިވާކަން އެމީހާ ހާމަކުރުމާއެކު، ފޮރިން މިނިސްޓްރީން މިހާރު ބުނަމުންދަނީ އޮމާންއަށް ދަތުރުކުރާ ދިވެހީންނަށް އެއްވެސް ޝަރުތަކާއި ނުލާ އޮން-އެރައިވަލް ވިސާ ލިބޭނޭ އިންތިޒާމު ހަމަޖެއްސުމާގުޅޭގޮތުން އެޤައުމުގެ ކަމާބެހޭ ފަރާތްތަކާ ފޮރިން މިނިސްޓްރީން މަޝްވަރާކުރައްވަމުންގެންދަވާ ކަމަށެވެ.

އެކަމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އޮމާންއަށް އޮން-އެރައިވަލް ވިދާ ލިބޭނެކަމަށް އެ މިނިސްޓްރީން މީގެ ކުރިން އިއުލާނުކޮށްފައި ވަނީ އޮމާން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ރަސްމީކޮށް އެގޮތަށް މަޢުލޫމާތުދެއްވާފައިވާތީ ކަމަށެވެ.

އެހެން ނަމަވެސް އޭގެފަހުން މިނިސްޓްރީއަށް މަޢުލޫމާތު ލިބިފައިވާގޮތުގައި، އޮމާންއަށް ދަތުރުކުރާ ދިވެހިންނަށް 14 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބެނީ ބައެއް ޝަރުޠުތައް ފުރިހަމަވުމުން ކަމަށް މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

އެގޮތުން އޮމާންއަށް ދަތުރުކުރާ ފަރާތްތަކަށް އޮން އެރައިވަލް ވިސާ ލިބެނީ އިނގިރޭސިވިލާތް، އެމެރިކާ، ޝެންގަން ޤައުމުތައް، ކެނެޑާ، އޮސްޓްރޭލިއާ ނުވަތަ ޖަޕާންގެ މުއްދަތު ހަމަނުވާ ވިސާއެއް އޮތުން ނުވަތަ އެއިން ޤައުމެއްގެ ރަށްވެހިކަން އޮންނަ ފަރާތްތަކަށާއި، ހޮޓެލް ބުކިންގ އާއި ދެކޮޅު ޓިކެޓާއި، ހެލްތު އިންޝުއަރަންސް އޮންނަ ފަރާތްތަތަކަށް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންކަމުން އޮމާންއަށް ދަރުތުކުރައްވާ ފަރާތްތަކުން މިޝަރުތުތައް ފުރިހަމަ ނުވާނަމަ ދުރާލާ ވިސާ ނަގައިގެން އޮމާނަށް ދަތުރުކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އަންގާފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
16 Oct 2026 ހަބަރު

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

ށ. އަތޮޅުން އައްޑުއާ ދެމެދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހެނދުނު 8 އިން މެންދުރުފަހު 2 އަށް މެޓުން ހުދު ސަމާލެއް ނެރެފިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް މުޢިއްޒު
16 Oct 2026 ހަބަރު

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް މުޢިއްޒު

ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ނިޒާމުތައް ހަރުދަނާކޮށް، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދީގެން ހުރިހާ ދިވެހިންނަށް އަގުހެޔޮ، ފައިދާހުރި ކާބޯތަކެތި ލިބޭނެ މަގު ފަހިކޮށްދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް
15 Oct 2026 ހަބަރު

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، 2021 ވަނަ އަހަރުވެސް ވެމްކޯއަށް ވަނީ 82 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައެވެ.

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ
15 Oct 2026 ހަބަރު

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި
15 Oct 2026 ހަބަރު

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި

ކުއްލި ފަރުވާގެ ޚިދުމަތާއި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު މިހާރު އެ އިމާރާތުގައި ހަމަޖެހިފައި

ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
11 Oct 2026 ހަބަރު

ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގެ ކިންގް ހާލިދު އިންޓަރނޭޝަނަލް އެއާޕޯޓަށް ހޫތީ ހަނގުރާމަވެރިން ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެކަމުގެ ދިފާއުގައި ކުރާ މަސައްކަތުގައި ސައުދީ އ...

ސައުދީ އެއާޕޯޓުތަކަށް ހޫތީން ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
08 Oct 2026 ހަބަރު

ސައުދީ އެއާޕޯޓުތަކަށް ހޫތީން ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޫތީ ޖަމާއަތުން ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މި ދަނޑިވަޅުގައި ސައުދީއާ އެކު ސާބިތުކަމާ އެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދީފި...

އެމްޑީޕީއިން ގެނައި އުންމީދުގެ ހުޅުކޮޅު ސަރުކާރުން ނިއްވާލައިފި: ޝާހިދު
03 Oct 2026 ހަބަރު

އެމްޑީޕީއިން ގެނައި އުންމީދުގެ ހުޅުކޮޅު ސަރުކާރުން ނިއްވާލައިފި: ޝާހިދު

ރާއްޖޭގެ އިޤްތިޞާދު މިއަދު އޮތީ ފޫގޮސްފައިކަމަށާއި، ރައްޔިތުންގެ ޞިއްޙީ ނިޒާމު އޮތީ ފުލުންގޮސްފައިކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ 5 ވަނަ ކޮންގްރެސް ނިންމުމު...