N/A
N/A
ހަބަރު 11 Feb 2020 | 00:41

ސްޓެލްކޯގެ މުވައްޒަފުންނަށް އަގުހެޔޮކޮށް ސޯލާާ ޕެނަލް ލިބޭނެ ސްކީމެއް ތައާރަފްކޮށްފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަގުހެޔޮކޮށް ސޯލަރ ޕެނަލް ގަނެވޭނެ އުސޫލެއް އެކުންފުނިން ތައާރަފްކޮށްފިއެވެ.

މި އުސޫލު ތައާރަފްކޮށްދެއްވީ އެކުންފުނީގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާާތެއްގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީއެވެ.

މުޣުނީ ވިދާޅުވީ ސްޓެލްކޯގެ ގްރީން ލައިފް އިނީޝިއޭޓިވްގެ ދަށުން މި ސްކީމް ތަޢާރަފުކޮށް ސޯލާ ޕެނަލް ދޫކުރުމަށް ނިންމީ ކަރަންޓު އުފެއްދުމަށް ކުރާ ހޭދަ ކުޑަކޮށް ބިލުތައް ކުޑަކުރުމުގެ މަގުސަދުގައި ކަމަށެވެ.

ސްޓެލްކޯއިން ވިއްކާ ސޯލާ ޕެނަލްގެ އަގަކީ 30000 ރުފިޔާއެވެ. އިންސްޓޯލްމަންޓް އުސޫލުން މި ސްކީމުގައި ސޯލާ ޕެނަލް ގަނެވޭއިރު 3 ޕެކޭޖެއް މި ސްކީމުގައި ހިމެނެއެވެ. އެގޮތުން 3 އަހަރުގެ މުއްދަތަކަށް ބަހާލައިގެން ދެއްކޭގޮތަށް ހަމަޖައްސާފައިވާ ޕެކޭޖުގައި މަހެއްގެ މައްޗަށް އަށްސަތޭކަ އަށްޑިހަ އެއް ރުފިޔާ ދައްކަން ޖެހެއެވެ. 5 އަހަރުގެ މުއްދަތަށް ބަހާލައިގެން ފައިސާ ދެއްކޭ ގޮތަށް ހަމަޖައްސާފައިވާ ޕެކޭޖުގައި ކޮންމެ މަހަކު ހަސަތޭކަ އަތަރު ރުފިޔާ ދައްކަންޖެހެއެވެ.

އަދި 7 އަހަރު ދުވަހަށް ހަމަޖައްސާފައިވާ ޕެކޭޖުގައި މަހަކު ހަތަރު ސަތޭކަ އަށްޑިހަ ފަސް ރުފިޔާ ދައްކަންޖެހޭކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.

އަދި މިއިން ކޮންމެ ޕެކޭޖެއް ނަގާއިރުވެސް ޑައުންޕޭމަންޓެއްގެ ގޮތުގައި 5000 ރުފިޔާ ދައްކަން ޖެހެއެވެ.

މި ސްކީމް އަދި ގްރޭޓާ މާާލޭ ސަރަހައްދުގައި މަސައްކަތްކުރާ ސްޓެލްކޯގެ މުވައްޒަފުންނަށް ތައާރަފްކުރިކަމުގައިވިޔަސް، ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ސްޓެލްކޯގެ ޚިދުމަތްދޭ ހުރިހާ ރަށެއްގެ މުވައްޒަފުންނަށްވެސް މިސްކީމުގެ ދަށުން ސޯލާ ޕެނަލް ގަނެވޭނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު
14 Oct 2026 ހަބަރު

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި
14 Oct 2026 ހަބަރު

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ހުދުސަމާލު ނެރެފިއެވެ.

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
14 Oct 2026 ހަބަރު

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
14 Oct 2026 ހަބަރު

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް
14 Oct 2026 ހަބަރު

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް

ފުލުހުން ހާމަކުރި ގޮތުގައި ސައިފަކީ ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމުގެ ބޮޑު ރެކޯޑެއް އޮންނަ މީހެކެވެ. އެގޮތުން، ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑުގެ އިތުރުން، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ މައްސަލަތަކެއް އޭނާގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ފާހަގަކުރެވިފައެވެ.

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ
14 Oct 2026 ހަބަރު

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ

ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ބާވެ ހަލާކުވެގެން އެ ނޫޓު މަދުވެފައިވާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( އިން އާ ސްޓޮކެއް ގެނެސް މާދަމާ ދައުރުކުރަން ނިންމައިފިއެވެ.

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު
14 Oct 2026 ހަބަރު

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު

ދައުލަތުގެ އިދާރާއަކުން މައުލޫމާތު ނުދީ ހިފެހެއްޓުމުން، ގާނޫނުން ލިބިދޭ ބާރުގެ ބޭނުންކުރައްވައިގެން އެ އިދާރާއަކަށް ވަޑައިގެން ފައިލުތައް ހާއްވަވައިގެން ވެސް މައުލޫމާތު ނަންގަވާފައިވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެއެވެ.