N/A
N/A
ހަބަރު 11 Feb 2020 | 05:39

ކެބްއެމްވީއަށް އެއް އަހަރު: ގޮންޖެހުންތަކާއި އެކުވެސް ކުރިއަށް ދުއްވަނީ

މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކުން އަބަދުވެސް ކުރަމުންދާ އެއް ޝަަކުވާއަކީ ދަތުރުފަތުރު ކުރުމުގެ ނިޒާމުގެ ދަތިކަމެވެ. ޚާއްސަކޮށް ގަޑިއަށް ދުރުތަނަކަށް ދާން ބޭނުންވެއްޖެނަމަ ޓެކްސީއެއް ނުލިބޭ މައްސަލައަކީ ގިނަބަޔަކު ފާހަގަކުރާ ކަމެކެވެ. އަދި ޓެކްސީއެއް ލިބުނަސް، ޑްރައިވަރުންގެ މަސައްކަތުގެ ފެންވަރާއި މެދު ހިތްހަމަނުޖެހޭ ވާހަކަތަކަކީ އަޅުގަނޑުމެން އަބަދުވެސް އަހާ ވާހަކައެކެވެ.

ގްރޭޓާ މާާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން މިފަދަ ޝަކުވާތަކެއް ކުރަމުންދަނިކޮށް، އެ ޝަކުވާތަކަށް ހައްލު ގެނެސްދިނީ ކެބްއެމްވީ ޓެކްސީ ޚިދުމަތުންނެވެ. މާލޭ ސަރަހައްދުގައި ޓެކްސީ ކުރުމަކީ އާދައިގެ ކަމެއްގެ ގޮތުގައި އޮއްވާ، ޓެކްނޮލޮޖީގެ ވަސީލަތްތަކާއި ޓެކްސީތައް ގުުޅުވާލީ މި ކުންފުނިންނެވެ.

ފަހިކެބް ނަމަކަށް ކިޔާ މޯބައިލް އެޕްލިކޭޝަނަކުންނާއި ފޯނުގެ ޒަރިއްޔާއިން ކެބްއެމްވީގެ ޚިދުމަތަށް ދުވާލަކު އެތައް ސަތޭކަ ބަޔަކު އެދެމުންދާއިރު އެކުންފުންޏަށް މިވަނީ އެއްއަހަރު ފުރިގެން ގޮސްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި އަމިއްލަ ކާރުތަކުގައި ޓެކްސީ ކުރުމަކީ މީގެ ކުރިން ރާއްޖޭގައި ކޮށްފައިނުވާ ކަމެކެވެ. އަދި އެކަމަކީ ނުވާނެ ކަމެއްކަމަށް ގިނަބަޔަކު ދިޔައީ ދެކެމުންނެވެ.

ނަަމަވެސް އެ ހުރަސްތައް ގިރާކުރުމަށްފަހު ކެބްއެމްވީ ވެފައިވަނީ ރާއްޖޭގައި އެންމެ ފުރަތަމަ ޕްރައިވެޓް ހަޔަރ ނުވަތަ އަމިއްލަ ފަރާތްތަކުގެ ކާރުގައި ޓެކްސީ ކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތަށް ވެގެންގޮސްފައެވެ.

މިއަދު އެކުންފުންޏަކީ ރާއްޖޭގެ އެހެނިހެން ޓެކްސީ ސެންޓަރުތަކާއި އަޅާބަލާއިރު މާކުރީގައި އޮތް މަގުބޫލު ކުންފުންޏެކެވެ. ކުންފުނީގެ ޚިދުމަތަށް އެއް އަހަރު ވެގެން ގޮސްފައިވާއިރު، މާލެ ސިޓީގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ލ.އަތޮޅުގައި ކެބްއެމްވީގެ ޚިދުމަތްތައް ދެމުންދާާކަމީ އޭގެ އެންމެ ފުރިހަމަ މިސާލެވެ.

ކެބްއެމްވީއިން ދެކޭ ގޮތުގައި އެކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ މުވައްޒަފުންގެ ގޮތުގައި ތިިބި ޑްރައިވަރުންނެވެ. އެކުންފުނިން އެ ޑްރައިވަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ މަހެއްގެ އެއްފަހަރު ޑްރައިވަރ އޮފް ދަ މަންތް ހޮވާކަންވެސް ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ދާދިފަހުން އެ ކުންފުނިން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ޑިސްއެބިލިޓީ ކާޑު އޮންނަ ކޮންމެ މީހަކަށް ކެބްއެމްވީގެ ޚިދުމަތުން ޑިސްކައުންޓްދޭން ނިންމާފައެވެ. އެގޮތުން ޑިސްއެބިލިޓީ ކާޑު އޮންނަ ފަރާތްތަކަށް މާލެއާއި ހުޅުމާލެ އަދި އެއާޕޯޓަށް ކެބް އެމްވީ ޓެކްސީ ސެންޓަރުގެ ކޮންމެ ޓެކްސީ އެއްގައި ކުރާ ކޮންމެ ދަތުރަކަށް 20 ޕަސެންޓް ޑިސްކައުންޓް ލިބޭނެކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

އެއް އަހަރު ދުވަހަކީ ކުރު މުއްދަތެއް ނަމަވެސް ކެބްއެމްވީން ވަނީ އުންމީދުން ފުރިގެންވާ ދަތުރެއް ފުރިހަމަކޮށްފައެވެ. މި ދަތުރުގައި އިތުރަށްވެސް ތަފާތު ކަންކަން ފެނިގެންދާނެކަމަށް އެކުންފުނިން ޔަގީންކަންދެއެވެ. ދެން މީގެފަހުން ގަޑިއަށް ތަނަކަށް ނުދެވިގެން ހާސްވާކަށް ނުޖެހޭނެއެވެ. ކެބްއެމްވީ އޮތީ ތިޔަބޭފުޅުންގެ ޚިދުމަތުގައެވެ!

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު
14 Oct 2026 ހަބަރު

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި
14 Oct 2026 ހަބަރު

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ހުދުސަމާލު ނެރެފިއެވެ.

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
14 Oct 2026 ހަބަރު

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
14 Oct 2026 ހަބަރު

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް
14 Oct 2026 ހަބަރު

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް

ފުލުހުން ހާމަކުރި ގޮތުގައި ސައިފަކީ ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމުގެ ބޮޑު ރެކޯޑެއް އޮންނަ މީހެކެވެ. އެގޮތުން، ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑުގެ އިތުރުން، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ މައްސަލަތަކެއް އޭނާގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ފާހަގަކުރެވިފައެވެ.

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ
14 Oct 2026 ހަބަރު

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ

ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ބާވެ ހަލާކުވެގެން އެ ނޫޓު މަދުވެފައިވާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( އިން އާ ސްޓޮކެއް ގެނެސް މާދަމާ ދައުރުކުރަން ނިންމައިފިއެވެ.

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު
14 Oct 2026 ހަބަރު

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު

ދައުލަތުގެ އިދާރާއަކުން މައުލޫމާތު ނުދީ ހިފެހެއްޓުމުން، ގާނޫނުން ލިބިދޭ ބާރުގެ ބޭނުންކުރައްވައިގެން އެ އިދާރާއަކަށް ވަޑައިގެން ފައިލުތައް ހާއްވަވައިގެން ވެސް މައުލޫމާތު ނަންގަވާފައިވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެއެވެ.