މިމަސް ނިމުމުގެ ކުރިން މިނިމަމް ވޭޖް އިއުލާންކުރަނީ
މި ފެބްރުއަރީ މަސް ނިމުމުގެ މިނިމަމް ވޭޖް އިއުލާންކުރައްވާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިކަން ހާމަކުރެއްވީ ކުރެއްވި ޓްވީޓެއްގައެވެ.
އެބޭފުޅާ ވިދާޅުވީ މިމަސް ނިމުމުގެ ކުރިން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖެއް އެކަށައެޅިގެން ދާނެކަމަށާއި، އެކަން ކުރާނީ މިިނިމަމް ވޭޖްގެ އަދަދާއި ކަނޑައަޅާނެގޮަތެއް ރައްޔިތުންގެ މަޖިލީހާއި މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.
އަދި މިއީ ވަޒީފާއާއި ބެހޭ ގާނޫނަށް ގެންނަ އިސްލާހާއި ގުޅުންހުރި ކަމެއް ނޫންކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މަސައްކަތްތެރިންނަށް އެންމެ ކުޑަވެގެން ދެވޭނެ އުޖޫރައިގެ އަަދަދު ކަނޑައެޅުމަކީ ރައީސް ޞާލިހުގެ ރިޔާސީ ވައުދެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް