މޯލްޑިވިއަންއިން އިންޑިޔާގެ އާ މަންޒިލްތަކަކަށް ދަތުރު ފަށަނީ
ދިވެހިރާއްޖޭގެ ގައުމީ އެއާލައިންކަމުގައިވާ މޯލްޑިވިއަން އިން އިންޑިޔާގެ އިތުރު މަންޒިލްތަކަކަށް ދަތުރު ފެށުމަށް ނިންމައިފިއެވެ.
އެކުންފުނިން މައުލޫމާތުދޭ ގޮތުގައި މިގޮތަށް ނިންމާފައިވަނީ ކޮރޯނާ ވައިރަހާާއި ގުޅިގެން ޗައިނާއަށް ދަތުރުކުރުން ހުއްޓާލުމާއި ގުޅިގެން ވަމުންދާ ގެއްލުންތައް ކުޑަކުރުމުގެ މަގުސަދުގައެވެ.
މޯލްޑިވިއަންއިން މީގެ ކުރިން ދިޔައީ ޗައިނާގެ ހަތަރު މަންޒިލަކަށް ދަތުރުކުރަމުންނެވެ. ނަމަވެސް އެ ދަތުރުތައް ހުއްޓާލުމާއި އެކު އެކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށް ވަނީ ބުނެފައެވެ.
މޯލްޑިވިއަންއަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް އެންމެ އަވަހަށް ދަތުރުތައް ފެށެން އޮތް މަންޒިލަކީ އިންޑިޔާކަމަށް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ. އެ ދަތުރުތައް ބާއްވަނީ ކޮން މަންޒިލަކަށްކަމެއް އެކުންފުނިން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް