އެމްޑީޕީ ޕްރައިމަރީން ބަލިވި، ހޯޑެއްދޫ ކައުންސިލުގެ ރައީސާއި ނައިބު ރައީސް އިދިކޮޅަށް
މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށް، ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުނު، ގދ. ހޯޑެއްދޫ ކައުންސިލުގެ ރައީސާއި ނައިބު ރައީސް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ހަރަކާތްތަކުގައި ބައިވެރިވާން ފަށައިފިއެވެ.
ޕްރައިމަރީއަށް ފަހު، ހޯޑެއްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަޔާޒާއި ނައިބު ރައީސް މުހައްމަދު އަޝްރަފު އެރަށުގެ ޕްރޮގްރެސިވް ކޯލިޝަނަށް ނިސްބަތްވާ އިސްފަރާތްތަކާއެކު ބައްދަލުވުމެއްގައި ހުންނަވާ މަންޒަރު ފެންނަ ފޮޓޯތަކެއްވެސް މިހާރު ދަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ.
އަޔާޒް އަކީ ރައީސް މައުމޫންގެ ވެރިކަމުގައި، އެރަށުގައި ޑީއާރުޕީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ފަރާތެކެވެ. ނަމަވެސް، 2006 ވަނަ އަހަރުންފެށިގެން އަޔާޒް ފެނިގެން ގޮސްފައިވަނީ އެމްޑީޕީންނެވެ.
އަދި އަޝްރަފަކީ ކުރިންވެސް ޕީޕީއެމްގެ މީހެކެވެ. އޭނާ އެމްޑީޕީ އާއި ގުޅިފައިވަނީ 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށެވެ.
އެމްޑީޕީގެ ޕްރައިމަރީއަށް ފަހު މިހާރު ތިއްބެވި ގިނަ ކައުންސިލަރުންނަށް ވަނީ ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް