N/A
N/A
ހަބަރު 11 Feb 2020 | 15:52

ޓޫރިޒަމް މިނިސްޓްރީން އައިކޮމްގެ އޮފީހަށް ހޫނު ރައްދެއް ދީފި

އިންފޮރމޭޝަން ކޮމިޝަނަރގެ އޮފީހުން މިއަދު ބޭއްވި އަޑުއެހުމަކަށް ޓޫރިޒަމް މިިނިސްޓްރީން ހާޒިރުނުވުމާއި ގުޅިގެން ފިޔަވަޅު އަޅަން ނިންމި މައްސަލައިގައި އެ މިނިސްޓްރީން އައިކޮމްގެ އޮފީހަށް ވަރުގަދަ ރައްދެއް ދީފިއެވެ.

މި ރައްދު އެ މިނިސްޓްރީން ދީފައިވަނީ މިއަދު ހަވީރު އާންމުކުރި ނޫސްބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނީ މިނިސްޓްރީގެ ގާނޫނީ ވާޖިބު އަދާކުރުމުގައި ދިވެހި ރައްޔިތުންގެ އިތުބާރާއި، ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކޮށް ތިބި ދޭސީ އަދި ބިދޭސީ ފަރާތްތަކުގެ އިތުބާރު ނަގަހައްޓާ ދަމަހައްޓާނެކަމުގެ ޔަގީންކަންދޭ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެ މިނިސްޓްރީއާޢީ އެމްއެމްޕީއާރްސީއާއި ދެމެދުގައިވާ އެގްރީމެންޓްތަކުގެ މައުލޫމާތު ހޯދުމަށް ޓްރޭޑް ޔޫނިއަނުން ހުށައެޅުމުން އެކަމަށް ޖަވާބުދީފައިވާނެ ކަމަށެވެ. އަދި އެކަން އިންފޮރމޭޝަން ކޮމިޝަނަރގެ އޮފީހަށްވެސް ހުށައެޅިކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މި މައްސަލައާއި ގުޅިގެން އިންފޮރމޭޝަން ކޮމިޝަނަރ ޓްވިޓަރގައި ހާާމަކުރެއްވި މައުލޫމާތާއި މެދު ކަންބޮޑުވާކަމަށް މިނިސްޓްރީން ވަނީ ފާހަަގަކޮށްފައެވެ.

އަދި މިނިސްޓްރީގެ ސިވިލްސާވިސް އެއްވެސް މުވައްޒިފަކަށް ބިރު ދެއްކުމުގެ ގޮތުން ކުރެވޭ އެއްވެސް އަމަލެއް، ބަލައިނުގަންނާނެ ކަމަށާާއި މިނިސްޓްރީގެ ޕޮލިސީ ލެވެލްގެ ކަންކަމުގައި ޒިންމާވެ، ޖަވާބުދާރީވާނީ މިނިސްޓަރު އަދި މިނިސްޓްރީގެ ސިޔާސަތު ނިންމާ ޕޮލިސީ މުވައްޒިފުންކަމަށް ވަނީ ބުނެފައެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ އެކަމާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރުމަށް ބޭނުންކަމުގައި ވަނީނަމަ، ރައްޔިތުންގެ މަޖިލީހުގެ ކަމާއިބެހޭ ކޮމިޓީގައި ނުވަތަ ޝަރުއީ ކޯޓެއްގައި ވެސް ޖަވާބުދާރީވުމަށް ތައްޔާރަށް އޮތްކަމަށް ބުނެފައެވެ.

ފޮޓޯ: ސަންގު

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު
14 Oct 2026 ހަބަރު

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި
14 Oct 2026 ހަބަރު

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ހުދުސަމާލު ނެރެފިއެވެ.

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
14 Oct 2026 ހަބަރު

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
14 Oct 2026 ހަބަރު

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް
14 Oct 2026 ހަބަރު

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް

ފުލުހުން ހާމަކުރި ގޮތުގައި ސައިފަކީ ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމުގެ ބޮޑު ރެކޯޑެއް އޮންނަ މީހެކެވެ. އެގޮތުން، ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑުގެ އިތުރުން، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ މައްސަލަތަކެއް އޭނާގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ފާހަގަކުރެވިފައެވެ.

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ
14 Oct 2026 ހަބަރު

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ

ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ބާވެ ހަލާކުވެގެން އެ ނޫޓު މަދުވެފައިވާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( އިން އާ ސްޓޮކެއް ގެނެސް މާދަމާ ދައުރުކުރަން ނިންމައިފިއެވެ.

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު
14 Oct 2026 ހަބަރު

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު

ދައުލަތުގެ އިދާރާއަކުން މައުލޫމާތު ނުދީ ހިފެހެއްޓުމުން، ގާނޫނުން ލިބިދޭ ބާރުގެ ބޭނުންކުރައްވައިގެން އެ އިދާރާއަކަށް ވަޑައިގެން ފައިލުތައް ހާއްވަވައިގެން ވެސް މައުލޫމާތު ނަންގަވާފައިވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެއެވެ.