ސުޕްރީމް ކޯޓުގެ މަސައްކަތްތައް އާންމުންނަށް ދައްކާލަނީ
ސުޕްރީމް ކޯޓުގެ މަސައްކަތްތައް އާންމުންނަށް ދައްކާލުމުގެ ޚާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.
އެކޯޓުން ވަނީ ކޮންމެ މަހެއްގެ ފުރަތަމަ ބުރާސްފަތި ދުވަހަކީ ސުޕްރީމް ކޯޓުގެ އޯޕަންޑޭގެ ގޮތުގައި ކަނޑައަޅާފައެވެ. މިދުވަހު ކުރިއަށް ގެންދާނީ ތިން ސެޝަނެވެ.
އެއީ 9:00އިން 10:00އަށް، 10:00އިން 11:00އަށް އަދި 11:00އިން 12:00 އަށެވެ. މިއިން ކޮންމެ ސެޝަނެއްގައި ބައިވެރިވެވޭނީ ޖުމްލަ 10 މީހުންނަށެވެ. މި ސެޝަންތަކުގައި ކޯޓުގެ ސެކްޝަންތަކަށް ގެންގޮސް، ކުރާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދިނުމުގެ އިތުރުން ޝަރީއަތުގެ މާލަންތައް ދެއްކުން ކުރިއަށްގެންދާާނެއެވެ.
ސުޕްރީމް ކޯޓުން ބުނީ މި ސެޝަންތައް ކުރިއަށްދާ ގަޑީގައި ޝަރީއަތެއް ކުރިއަށްގެންދާނަމަ އެ ޝަރީއަތުގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.
މި ސެޝަންތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް