މުދާ އުފުލާ ދޯންޏަކަށް ދިޔަވާތީ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި
މުދާ އުފުލާ ދޯންޏަކަށް ދިޔަވާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
މިކަމާއި ގުޅިގެން އެމްއެންޑީއެފް އިން ބުނެފައިވަނީ މިއީ ހދ.ކުޅުދުއްފުށިން ފުރައިގެން މާލެއަށް ދަތުރުކުރި "އަޅިވިލާ" ނަމަކަށްކިޔާ 95 ފޫޓުގެ ދޯންޏެއް ކަމަށެވެ.
އެގޮތުން ޅ.ކުރެންދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށް ދިޔަވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ މިއަދު 11:52 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
މިއާއިއެކު 4 މީހުންނާއެކު ދަތުރުކުރަމުންދިޔަ މި ދޯންޏަށް ދިޔަވާން ފެށުމުން، މި ދޯނި ވަނީ ކުރެންދޫ ބަނދަރަށް ވައްދާފައި ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
އެމްއެންޑީއެފް އިން ވަނީ ދިޔަވާތަން ބެއްދުމަށް ސިފައިންގެ ޑައިވަރުން މިހާރު ދަނީ ހަރަކާތްތެރިވަމުން ކަމަށް ފާހަގަކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް