ބްރައުނީސް
ބްރައުނީސް
ލައިފްސްޓައިލް 11 Aug 2023 | 03:05

މި ހުކުރުގެ ރެސިޕީ ބްރައުނީސް މީރު ކުދިންނަށް!

މިއަދު "ވޮއިސް" ގެ ބަދިގެއިން މި ގެނެސްދެނީ ވަރަށް ފަސޭހައިން ވަރަށް މީރުކޮށް ފަޖީ ބްރައުނީސް ތައްޔާރުކުރާނެ ގޮތެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.

ބޭނުންވާ ތަކެތި

1/2 ޖޯޑު ބަޓަރު  (ފިނި ކަނޑުވައި މަޑުކޮށްފައި )

2 1/2 ޖޯޑު ޗޮކްލެޓް ޗިޕްސް

4 ބިސް

1 1/4 ޖޯޑު ހަކުރު

1 މޭޒުމަތީ ސަމުސާ ކޮފީ

3 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް ނުވަތަ ވެޖެޓެބަލް އޮއިލް

1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

2/3 ޖޯޑު ފުށް

1/2 އަން-ސްވީޓެންޑް ކޮކޯ ޕައުޑަރ

1 1/2 ސައި ސަމުސާ ބޭކިންގ ޕައުޑަރ

1/2 ސައި ސަމުސާ ލޮނު

1/2 ޖޯޑު ކެޝޫނަޓް (ކުދިކޮށް ކޮށާފައި)

ތައްޔާރު ކުރާނެ ގޮތް

1) ބަޓަރ ކޮޅާއި އެކު ދެ ޖޯޑު ޗޮކްލެޓް ޗިޕްސް އާވިން ދިޔާވަންދެން ކައްކާލާށެވެ. ( އާވިން ކެއްކުމަށް، ކެކި ކެކި ހުރި ފެން އެއްޗެއްގެ މަތީގައި ބަޓަރ އާއި ޗޮކްލެޓް ޗިޕްސް ތަށި ބަހައްޓައިގެން އެކުލަވާނީ އެވެ. ބަޓަރ އާއި ޗޮކްލެޓް ޗިޕްސް މެޓަލް އެއްޗެއްގައި ބަހައްޓައިގެން މެލްޓް ކުރާ ނަމަ އަވަސް ވާނެއެވެ. )

2) އިތުރު ތައްޓެއްގައި ބިހާއި، ހަކުރާއި، ކޮފީ އާއި ތެޔޮފޮދާއި ވެނީލާ އެސެންސް ފޮދު އެކުލަވާލާށެވެ.

3) ދެން މަޑުމަޑުން ހަލުވަމުން، ކުރިން ވިރުވި ޗޮކްލެޓް ޗިޕްސް މިކްސްޗަރ ބިސް މިކްސްޗަރ ތެރެއަށް އަޅާލާށެވެ.

4) އެއަށްފަހު އިތުރު ތަށްޓެއްގައި ފުށާއި، ކޮކޯ ޕައުޑަރާއި، ބޭކިންގ ޕައުޑަރާއި ލޮނު އެކުލަވައިލާށެވެ. ދެން ކުރިން އެކުލެވި މިކްސްޗަރ ތެރެއަށް މަޑުމަޑުން ފުށް މިކްސްޗަރ އަޅަމުން ހަލުވަމުންދާށެވެ. ( އެކުލަވާ އިރު މާ ބާރަށް ނުގިރައި، ފަތި ސަމްސަލެއް ކަހަލަ އެއްޗަކުން މަޑުމަޑުން އެކުލަވައިލާށެވެ)

5) ދެން ކުޑަ ކެޝޫ ނަޓް ކޮޅެއް ބެހެއްޓުމަށް ފަހުން، ބާކީ ބައި އޭގެ ތެރެއަށް ކޮޅު އަޅާލާފައި ރަނގަޅަށް ސަމުސަލަކުން އެކުލަވާލާށެވެ.

6) އެއަށްފަހު ޓްރޭ އެއްގައި ކުޑަ ބަޓަރ ކޮޅެއް އުނގުޅުމަށް ފަހު، އޭގެ މައްޗަށް ފުށް ކޮޅެއް ބުރުވާލުމަށްފަހު، ބްރައުނީ މިކްސްޗަރ އެއަށް އަޅާލާށެވެ. ދެން ބާކީ ހުރި ކެޝޫ ނަޓާއި، ޗޮކްލެޓް ޗިޕްސް ކޮޅުވެސް މައްޗަށް އަޅާލައި، ޕްރީ ހީޓް ކޮށްފައި ހުރި އަވަނެއްގައި 180 ޑިގްރީއަށް 40-35 މިނެޓަށް ފިހެލާށެވެ.

ނޯޓް: އާއްމުކޮށް ފަޖީ ބްރައުނީސް 37-35 މިނެޓް ތެރޭގައި ތައްޔާރު ވާނެ އެވެ. ތަންކޮޅެއް ހިކިކޮށް ބްރައުނީ ހަދަން ބޭނުން ނަމަ 40 މިނެޓް ވަންދެން ފިހެލާށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ
23 Oct 2026 ލައިފްސްޓައިލް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ

ޗިކަން ޓިއްކާއަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މީރު ކެއުމެކެވެ. ރޮށި، ނާން ނުވަތަ ބަތާއެކު ވެސް ކާލަން ނުހަނު މީރު މި ޑިޝްއަކީ ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ކަމުދާނެ ޑިޝްއެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ގޭގައި ތިބެގެން ރެސްޓޯރެންޓްތަކުގެ ރަހަ ގެނެސްދޭނެ، ޗިކަން ޓިއްކާއެއްގެ ރެސިޕީއެވެ.

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...