ފަސް ރަށެއްގައި އާ ސިއްހީ މަރުކަޒެއް އަޅާނެ ބައެއް ހޯދުމަށް ހުޅުވާލައިފި
ރާއްޖޭގެ ފަސް ރަށެއްގައި އާ ސިއްހީ މަރުކަޒެއް އަޅައިދޭނެ ބަޔަކު ހޯދުމަށް ހެލްތް މިނިސްޓްރީން ޓެންޑަރއަށް ފޮނުވައިފި އެވެ.
އެ މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ރާއްޖޭގެ ފަސް ރަށެއްގައި އާ ސިއްހީ މަރުކަޒުތައް އިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް މިއަދު ޓެންޑާ އަށް ފޮނުވާފައިވާ ކަމަށެވެ.
އެ ފަސް ރަށަކީ ހއ. މޮޅަދޫ، ށ. މާއުނގޫދޫ، ނ. ފޮއްދޫ، ނ. ކުޑަފަރި، މ. ނާލާފުށި، އެވެ.
ހެލްތް މިނިސްޓްރީ ރާއްޖޭގެ އެކި ރަށްރަށުގައި ޒަމާނީ ފެންވަރުގެ ހިދުމަތްދެވޭ ސިއްހީ މަރުކަޒުތައް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ހަތް ރަށެއްގައި ސިއްހީ މަރުކަޒު އެޅުމަށް މިއަހަރުގެ ތެރޭަގއި ވަނީ ހަވާލުކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް