އެންމެ ހާޖީއެއް ފިޔަވައި ހުރިހާ ދިވެހި ހާޖީން ޢަރަފާތަށް ވަދެއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މިއަހަރުގެ ބަރަކާތްތެރި ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ދިވެހި ހާޖީންގެ ތެރެއިން، އެންމެ ހާޖީއެއް ފިޔަވައި އެންމެން ޢަރަފާތް ބިމަށް ވަދެފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ދިވެހި ހާޖީން އަރަފާތަށް ދާން ދަތުރު ފެށީ ރޭގެ ވަގުތެއްގައެވެ. ހައްޖު ކޯޕަރޭޝަނުން އޭރު ބުނީ ޖުމްލަ 22 ބަހުގައި ޙައްޖުވެރިން މިނާއިން ޢަރަފާތަށް ދަތުރުކުރަމުންދާ ކަމަށެވެ.
ވަޒީރު ޝަހީމް މިއަދު ފަތިހު ވިދާޅުވީ، ޢަރަފާތަށް މިވަގުތު ނުގެންދެވި އޮތް ހަމައެކަނި ހާޖީއަކީ މިނާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހެއް ކަމަށެވެ. އަދި އެ މީހާވެސް ޢަރަފާތަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.
”ހައްޖު ކޯޕަރޭޝަންގެ އެހީތެރިން ދަނީ އެބޭފުޅާއެކު ހަރަކާތްތެރިވެ އެހީތެރިވަމުން. ހުރިހާކަމެއް ވެސް ރަނގަޅު.“ ޝަހީމް ވިދާޅުވިއެވެ.
އަރަފާތުގައި ހުރުމަކީ ހައްޖުގެ އެންމެ މުހިންމު ރުކުނެވެ. އަރަފާތުގައި ނުހުރެވުނު މީހަކަށް ހައްޖެއް ނުވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް