މި އަހަރުގެ އަރަފާތު ދުވަހު ޚުތުބާ ދެއްވާނީ އިމާމު ޢަލީ އަލްޙުޛައިފީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މި އަހަރު މަސްޖިދުއްނަމިރާގައި ޢަރަފާތު ދުވަހުގެ ޚުޠުބާ ދެއްވާނީ، އަލްމަސްޖިދުލްޙަރާމްގެ އިމާމު ފަޟީލަތުއްޝައިޚް އަލީ އަލްޙުޛައިފީ ކަމަށް ކަނޑައަޅައިފި އެވެ.
ރަސްގެފާނު ސަލްމާން ބުން ޢަބްދުލް ޢަޒީޒްގެ މި ނިންމެވުމުން މިއަދު ވަނީ ހާމަ ކުރައްވާފަ އެވެ. ކޮންމެ އަހަރަކު ވެސް މަސްޖިދުއްނަމިރާގައި ޢަރަފާތު ދުވަހުގެ ޚުޠުބާ ދެއްވާނެ ޚަތީބަކު ކަނޑައަޅުއްވަނީ ސީދާ ރަސްގެފާނެވެ.
ދެ ހަރަމްފުޅު ބަލަހައްޓާ އިދާރާއިން ބުނީ ޢަރަފާތު ދުވަހުގެ ޚުޠުބާ ދެއްވާނީ، އަލްމަސްޖިދުލްޙަރާމްގެ އިމާމު ފަޟީލަތުއްޝައިޚް އަލީ އަލްޙުޛައިފީ ކަމަށެވެ.
ފަޟީލަތުއްޝައިޚް އަލީ އަލްޙުޛައިފީއަކީ ވަރަށް ރީތިކޮށް ގުރުއާން ކިޔަވާ ވިދާޅުވާ ބޭފުޅެކެވެ.
މި އަހަރުގެ ޢަރަފާތު ދުވަހަކީ އަންނަ އަންގާރަ ދުވަހެވެ.
ޢަރަފާތުގައި ހުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ. އަރަފާތު ދުވަސް ނުވަތަ ޙައްޖު ދުވަހު އިއްވޭ ޚުތުބާ އަކީ މުޅި އިސްލާމީ އުންމަތް އެ ޚުތުބާއަކަށް އިންތިޒާރު ކުރެވޭ ޚުތުބާ އެކެވެ.
މީގެ އެތައް ސަތޭކަ އަހަރެއްގެ ކުރީން މާތް ނަބިއްޔާ, ޢަރަފާތުގައި ދެއްވި ޚުތުބާ އަކީ މުޅި އިންސާނިއްޔަތަށް އެ ޚުތުބާއަކުން އަގުހުރި އިރުޝާދުތަކެއް ލިބިގެންދިޔަ ޚުތުބާ އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް