ފުށްޖެހި މަސް
ފުށްޖެހި މަސް
ލައިފްސްޓައިލް 12 Apr 2023 | 05:28

މިއޮތީ ދިވެހިވަންތަ ކޮށް ފުށްޖެހި މަސް ތައްޔާރުކުރާނެ ގޮތް

ފުށްޖެހި މަހަކީ ވަރަށް ކުޑައިރުން ފެށިގެން ވެސް ހަނދާންތަކާއި ގުޅިފައިވާ މީރު އެއްޗެކެވެ. މިއީ ރޯދަމަހުގެ ރޯދަ މަހުގެ ރޯދަ ވީއްލުމަށް ހެދިކާއެއްގޮތަށް ކާލަންވެސް މީރު އެއްޗެކެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.

ލޮނުމިރުސް ތައްޔާރު ކުރުން

ބޭނުންވާ ތަކެތި

1 ބޮޑު ފިޔާ

3 ލޮނު މެދު

ހިކަނދިފަތް

1/2 އިންޗި އިނގުރު

ގިތެޔޮ މިރުސް (ބޭނުން ނަމަ)

3 މޭޒުމަތީ ސަމުސާ މުގުރި މިރުސް

1 ސައި ސަމުސާ މުގުރި އަސޭމިރުސް

1/2 ސައިސަމުސާ ދިރި

3 ކާށި ފޮތި (ފިހެފައި)

ނޫޑްލްސް ސޫޕް ޕެކެޓެއް

ތައްޔާރުކުރާނެ ގޮތް

ހުރިހާ ތަކެތި އެއްކޮށް މިކްސަރުން ހިމުންކޮށް މުގުރާލާށެވެ. ލޮނުމިރުސް އެހުރީ ތައްޔާރުވެފައެވެ.

ފުށްޖެހި މަސް ތައްޔާރުކުރުން

ބޭނުންވާ ތަކެތި

1 ކިލޯ މަސް

1 1/2 ލުނބޯ3 ބިސް

1/2 ޖޯޑު ފުށް

1/2 ސައި ސަމުސާ ލޮނު

ތެޔޮ

ތައްޔާރުކުރާނެ ގޮތް

1) ގާތް ގަނޑަކަށް އެއް އިންޗި ބޯ މިނުގައި ދިގުމިނުގައި 4 އިންޗި ހުންނަ ވަރަށް މަސްކޮޅު ކޮށާލާށެވެ.

2) މަސްކޮޅުގައި ލޮނު މިރުސް ރަނގަޅަށް އުނގުޅާލުމަށްފަހު، ލުނބޯ ހުތް ޖަހާލާފައި، ލޮނު، ބިސް އަދި ފުށްވެސް އަޅާލާށެވެ. ދެން ގާތްގަނޑަކަށް 30 މިނެޓް ވަންދެން މަސް ކޮޅު މުގުރާލާށެވެ.

3) ދެން ތެޔޮ ތާސް އުނދުން އުނދުން މައްޗަށް އުދުމަށްފަހު ތެޔޮ ހޫނުވުމުން މަސްކޮޅުތައް ތެޔޮ ތާހަަށް އަޅައި ރަން މުށި ކުލަ އަރަންދެން ތެލުލާލާށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ
23 Oct 2026 ލައިފްސްޓައިލް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ

ޗިކަން ޓިއްކާއަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މީރު ކެއުމެކެވެ. ރޮށި، ނާން ނުވަތަ ބަތާއެކު ވެސް ކާލަން ނުހަނު މީރު މި ޑިޝްއަކީ ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ކަމުދާނެ ޑިޝްއެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ގޭގައި ތިބެގެން ރެސްޓޯރެންޓްތަކުގެ ރަހަ ގެނެސްދޭނެ، ޗިކަން ޓިއްކާއެއްގެ ރެސިޕީއެވެ.

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...