ކުރިއަށް އޮތް 24 ގަޑިއިރު ބައެއް އަތޮޅުތަކަށް ވިއްސާރަވާނެ: މެޓް އޮފީސް
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނެފައިވަނީ މިއަދުގެ 10:00 މާދަމާގެ 10:00 އަށް ރާއްޖޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަކޮށް ގުގުރުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.
އިރުއުތުރާއި އިރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް މެޓް އިން ބުނެއެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 1-4 ފޫޓް ހުންނާނެ ކަމަށް ވެސް މެޓް އިންވަނީ ބުނެފައެވެ.
މާލެސިޓީ އަށް މި ރަމަޟާން މަހު ކުރި ވިއްސާރައިގައި ބައެއް ހިސާބުތަކުގައި ފެންބޮޑުވެ ބައެއް ގޭގެއަށާއި ވިޔަފާރި ތަކަށްވެސް ގެއްލުން ވަނީ ވެފައެވެ. އެހެން ކަމުން ވިއްސާރަވެ ފެންބޮޑު ވެދާނެ ކަމަށް ރައްކާތެރި ފިޔަވަޅުތައް އަޅައިގެން ތިބުމަކީ އެންމެ ރަނގަޅުގޮތެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް