ހިތަދޫ ރޯވި ސަރަހައްދުން އަރަމުންދާ ދުން ކޮންޓްރޯލުރުމަށް ޚާއްސަ އޮޕަރޭޝަނެއް ފަށައިފި
އައްޑޫ ސިޓީ ހިތަދޫ ކުނިގޮނޑުގައި އަލިފާން ރޯވި ސަރަހައްދުން ދުން އަރާތީ، ދުން އެރުން ކޮންޓްރޯލު ކުރުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި އައްޑޫ ސިޓީގެ މުއައްސަސާތައް ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ފަށަފައިފި އެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގއި އެ އޮޕަރޭޝަންގައި، އަލިފާން ރޯވި ސަރަހައްދުގައި ހުރި ކުނިތަކުގެ އަޑީގައި އަލިފާނުގެ އަސަރު ހުރުމުން އެކްސްކަވޭޓަރެއް ބޭނުންކޮށްގެން އެސަރަހައްދު ކޮނެ ކުނިތައް އެއްފަރާތްްކޮށް، ފެން ޖަހައިގެން އަލިފާން ނިއްވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.


އެ މަސައްކަތުގައި އައްޑޫ ސިޓީ ކައުންސިލް، މޯލްޑިވްސް ޕޮލިސް ސަރވިސް، ގަން އިންޓަނޭޝަނަލް އެއަރޕޯޓް، އެމްޓީސީސީ، ޕޮލިސް އެކެޑަމީ، ވަން އޫޑްގެ އެހީތެރިކަން އަންނަނީ ލިބެމުންކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް