މިއީ މެންދުރަށް ތައްޔާރު ކޮށްލަން ރަނގަޅު ބުއިމެއް
ހުކުރު ދުވަހަކީ ގިނަ ދިވެހީން ތަފާތު އެއްޗެހި ޓްރައި ކޮށްލައި، މީރުކޮށް ކައި ބޮއި ހަދާ އުޅޭ ދުވަހެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ޕައިން އެޕަލް ސަންރައިސް ތައްޔާރު ކުރާނެ ގޮތެވެ. ރެސިޕީގައި އެ ވަނީ އެ ތަށްޓަށް ތަކެތި ބޭނުންވާ ވަރެވެ.
ބޭނުންވާތަކެތި:
120 އެމްއެލް ޕައިނެޕަލް ޖޫސް (ފްރެޝް, ނޫނީ ޕެކެޓް)
60 އެމްއެލް ސްޕްރައިޓް
1 މޭޒުމަތީ ސަމުސާ އަންނާރު ޖޫސް
ޗެރީ (ގާނިޝް ކުރުމަށް)
ތައްޔާރުކުރާނެގޮތް:
ޕައިނެޕަލް ޖޫހާއި ސްޕްރައިޓް ތަށްޓަކަށް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން މީގެ ތެރެއަށް އައިސްކިއުބް އެޅުމަށްފަހު އަންނާރު ޖޫސް އަޅާފައި ޗެރީ އިން ގާނިޝް ކުރުމަށްފަހު ސާރވް ކުރާށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް