ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުން ފިޔަވައްޗަށް ޒިޔާރަތްކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން އާއިއެކު ހުޅުމާލޭގައި ހުންނަ ދައުލަތުގެ ފަރާތުން ބަލަހައްޓާކުޑަކުދިން ތިބޭ މަރުކަޒު "ފިޔަވަތި"އަށް ޒިޔާރަތްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުނާއި، ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުން ފިޔަވައްޗަށް ކުރެއްވި މިޒިޔާރަތުގައި ވަނީ، ފިޔަވަތި ބައްލަވާލައްވައި، އެތާނގެ ކުޑަކުދީންގެ އާޓް ޑިސްޕްލޭތައް ބަލައްވާލައްވާފައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.
އަދި މިވަގުތުވެސް ފިޔަވަތީގައި ދައުލަތުގެ ފަރާތުން ބަލަހައްޓަމުން ގެންދާ 80 ކުޑަކުދިން ތިބި ކަމަށް ރައީސް އޮފީހުން ވަނީ ފާހަގަކުރައްވާފައެވެ.
ސޭޝެލްސްގެ ރައީސްގެ ދެކަނބަލުން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް